"ކީރިތި ޤްރްއާން ކިޔެވޭ ގެއަކާއި ޝައިޠާނާ ކައިރިއެއް ނުވާނެއެވެ. ޙަދީޘްފުޅުގައި ވަނީ ބަޤަރާ ސޫރަތް ކިޔެވޭ ގެއަކަށް ޝައިޠާނާ ނުވަންނާނެ ކަމަށެވެ.
ގެއެއްގައި ބަޤަރާ ސޫރަތް ކިޔަވާނަމަ ޝައިޠާނާ ބަޑި ޖަހަމުން ދެވެފިލާނެއެވެ. "ނުކެރޭނެ ވަންނާކަށް." ޝަތިޠާނާއަށް އެ ގެއަކަށް ނުވަދެވޭނަމަ އެގެއަކަށް ހަމަޖެހުން އަންނާނެއެވެ. އެގެއަކަށް ބަރަކާތް ލައްވަވާނެއެވެ." (ޢާއިލާތަކުގެ މެދުގައި ފިތުނަ ފަސާދަ އާއި ހަމަނުޖެހުން އުފައްދަނީ ޝައިޠާނާއެވެ.
ޝައިޠާނާއަށް އެ ގެއަކަށް ނުވަދެވޭނަމަ މިފަދަ މައްސަލަތަކުން ސަލާމަތްވެ އުފާވެރި، ހަމަޖެހޭ ދިރިއުޅުމެއް އުޅުމުގެ ފުރުބަތު ވަރަށް ބޮޑުވާނެއެވެ.) ﷲ ތައާލާ ކީރިތި ޤްރްއާން ބާވައިލެއްވެވީ މީސްތަކުންގެ ހިތްތަކަށް އަލިކަން ދެއްވެވުމަށެވެ. އަދި ކިޔަވައި އަމަލުކުރުމަށެވެ.
ގެއެއްގައި ކީރިތި ޤްރްއާން ކިޔަވާނަމަ އެކަމުގެ ބަރަކާތް މީހާގެ މުޅި ހަށިގަނޑަށާއި ގޭތެރެއަށާއި މުޅި މުޖުތަމައުއަށް ވެރިވެގެންދާނެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ ކީރިތި ޤްރްއާން ކިޔަވާ ބުއްދިވެރިންނަށް ކީރިތި ޤްރްއާނަކީ ޢިބްރަތެއް ކަމަށެވެ.
ކީރިތި ޤްރްއާނަކީ ބާއްޖަވެރިކަން ގެނެސްދޭނެ ފޮތެކެވެ. ކީރިތި ޤްރްއާން ކިޔެވުމަކީ ދޫ ފަސޭހަވާނެ ކަމެކެވެ. ކީރިތި ޤްރްއާން ކިޔެވުމަކީ ހިތްއަލިވާ ކަމެކެވެ.
ކީރިތި ޤްރްއާން ކިޔެވުމަކީ މީހާގެ މޫނުމަތި އަލިވެގެންދާ ކަމެކެވެ. ކީރިތި ޤްރްއާން ކިޔެވުމަކީ ﷲ ތަޢާލާގެ ރަޙްމަތް އޭނާގެ މައްޗަށް ވެރިވެގެންދާނެ ކަމެކެވެ. ކީރިތި ޤްރްއާން ކިޔެވުމަކީ އޭނާއަށް ދިމާވާ ކޮންމެ ކަމަކުން އަލިކަން ލިބޭނެ ކަމެކެވެ. ޤްރްއާން ކިޔަވާ މީހާއަށް އަނދިރިކަމެއް ކުރިމައްޗެއް ނުވާނެއެވެ.
ހުންނާނީ އަބަދުވެސް އަލިކަމުގެ ތެރޭގައެވެ. ކީރިތި ޤްރްއާނަކީ ނޫރެކެވެ. ހިދާޔަތެކެވެ. ވައުދެކެވެ. ނަޞޭޙަތެކެވެ. "ތިމަން ﷲ ކަލޭގެފާނުގެ މައްޗަށް މި ޤްރްއާން ބާވައި ލެއްވެވީ، ކަލޭގެފާނުގެ ހިތްޕުޅު ދަތިވެ އަބާއްޖަވެރިވުމަކަށް ނޫނެވެ.
(ﷲއަށް) ބިރުވެތިވާ މީހަކަށް ހަނދާންކޮށްދިނުމަށް ކަމުގައި މެނުވީ (ތިމަން ރަސްކަލާނގެ އެ ޤްރްއާން ބާވައެއް ނުލައްވަވަމެވެ.)

(ޠާހާ ސޫރަތުގެ 2،3) ކީރިތި ޤްރްއާނެ ކިޔެވޭ ގެއަކާއި ޝައިޠާނާ ކައިރިއެއް ނުވާނެއެވެ.
ޙަދީޘްފުޅުގައި ވަނީ ބަޤަރާ ސޫރަތް ކިޔެވޭ ގެއަކަށް ޝައިޠާނާ ނުވަންނާނެ ކަމަށެވެ. ގެއެއްގައި ބަޤަރާ ސޫރަތް ކިޔަވާނަމަ ޝައިޠާނާ ބަޑި ޖަހަމުން ދެވެފިލާނެއެވެ.
"ނުކެރޭނެ ވަންނާކަށް." ޝަތިޠާނާއަށް އެ ގެއަކަށް ނުވަދެވޭނަމަ އެގެއަކަށް ހަމަޖެހުން އަންނާނެއެވެ. އެގެއަކަށް ބަރަކާތް ލައްވަވާނެއެވެ. ނަމަވެސް މިއަދު ގިނަ ބައަކަށް ކިޔަވައިލެވެނީ ހަމައެކަނި ނަމާދުގައި ކިޔަވާ ސޫރަތްތައް އެކަންޏެވެ. ﷲ ގެ ކަލާމްފުޅު ކިޔަވައިލާނެ ވަގުތެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅެއް ލިބިއްޖެނަމަ ގޭގައި ބާއްވާ ގޮތާއި ﷲ ގެ ކަލާމްފުޅު ބާއްވާގޮތް ނިކަން ބަލައިލަބަލާށެވެ! ވިސްނާށެވެ! އެ ސިޓީ ފޮނުވި ވެރިމީހާ މާދަމާ ބަދަލުވެސް ވެދާނެއެވެ.
ނަމަވެސް މިފޮތް އޮންނާނެއެވެ.
__ޝައިޚް އިލްޔާސް ދެއްވި "ބާއްޖަވެރި ޢާއިލާ" ދަރުސުން