"ނަމާދުގެ ކޮންމެ ރަކްޢަތެއްގަ އަލްޙަމްދު ސޫރަތް ކިޔަވަން ޖެހެއެވެ. އެއީ ނަމަަދހުގެ ރުކުނެކެވެ. ޢަރަބި ބަސް ނުއެނގޭ ބޭފުޅުންވެސް އަލްޙަމްދު ސޫރަތުގެ މާނަ ދަސްކޮށްލައްވައިގެން ނަމާދުކުރެއްވުމަކީ ނަމާދުގެ ފޮނިމީރުކަން އިތުރުވާނެ ކަމެކެވެ." ޝައިޚް ޢަލީ ޒައިދު
ނަމާދުގެ ފަހުގައި އާމީން ކިޔަނީ "އަޅަމެންގެ ދުޢާ އިޖާބަކޮށްދެއްވެވުން އެދި" ކަމަށްވާއިރު މިކުރެވުނީ ކޮން ދުޢާއެއްކަން އެނގޭނީ އަލްޙަމްދުގެ މާނަ ދަސްކޮށްގެންނެވެ. އެހެންކަމުން އަލްޙަމްދުގެ މާނަ އެނގުމަކީ ނަމާދަށް ވަރަށް ބޮޑު އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމެކެވެ.
ހަމަ އެފަދައިން އަލްޙަމްދުގެ ފުރަތަމަ ބައިގައި ހިމެނެނީ ﷲ ތަޢާލާއަށް ދެންނެވޭ ތަޢްރީފާއި ޘަނާގެ ބަސްތަކެކެވެ. ވީއިރު މިދެންނެވެނީ ކީކޭކަން އެނގުމަކީ ކިތަންމެހައިވެސް މުހިންމު ކަމެކެވެ.

އަލްޙަމްދުގައި ހިމެނެނީ ބިސްމި ޢާއިއެކު އެންމެ 7 އާޔަތެވެ. މާނަ ދަސްކޮށްލެއްވުން ބުރަކަމަކަށް ނުހެއްދެވުން ކީއްތޯއެވެ!