މިއީ ޒުވާނުންގެ މެދުގައި ވަރަށް ގިނަ މައްސަލަތައް ހުރި ވަގުތެކެވެ. ޒުވާނުންގެ އީމާންތެރިކަން އިތުރުކުރަން މިވަނީ ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައެވެ. ތަފާތު ނަފްސާނީ ބަލިތަކާއި ކުރިމަތިލާންޖެހިފައިވާ ވަގުތެކެވެ. އެހެންކަމުން ޙަޤީޤީ އީމާންތެރިކަމަކީ ކޮބައިކަމާއިމެދު ވިސްނައިލަން މިވަނީ ޖެހިފައެވެ.
ކޮންމެ މުސްލިމަކީ މުއުމިނަކަށް ނުވެއެވެ. އެކަމުގެ ދަލީލު ކީރިތި ޤްރްއާނުން ފެންނަން އެބައޮތެވެ. އެހެނީ އައުރާބީންގެ ބައަކު އައިސް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ އަރިއަހަށް ގޮސް ދެންނެވިއެވެ. "ތިމަންމެން މިތިބީ އީމާންވެގެންނެވެ." އެހިނދު 7 އުޑުގެ މަތިން ﷲ ތަޢާލާ ވަޙީ ބާވައިލެއްވެވިއެވެ. "ޢައުރާބީން ބުނޫއެވެ. ތިމަންމެން މިތިބީ އީމާންވެގެންނެވެ. ކަލޭގެފަނު އެމީހުންނަށް ވިދާޅުވާށެވެ. ތިއަބައިމީހުން އަދި އީމާނެއް ނުވަމުއެވެ. އެކަމަކު ތިއަބައި މީހުން މިތިބީ އިސްލާމްވެގެންނެވެ."
ވިސްންވާށެވެ! 5 ވަގުތު ނަމާދުކުރިނަމަވެސް ޒަކާތް ދިން ނަމަވެސް ރޯދަ ހިފި ނަމަވެސް، ހިތުގެ ތެރޭގައި އީމާންކަން ހަރުނިލައި ހިނގައިދާނެއެވެ. މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ މައްސަލައެކެވެ. އެހެނީ މުނާފިޤުންނަކީވެސް މުސްލިމުންނެވެ. އެކަމަކު އެމީހުންނަކީ މުއުމިނުންނަކަށް ނުވާނެއެވެ. "ނިކަން ބައްލަވަ ހުރި ތަފާތު. އެހެންކަމުން މިކަމާއިމެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ފުންކޮށް ވިސްނަން އެބަޖެހެއެވެ."
ﷲ ތައާލާ މުއުމިނުންނާއިބެހޭ ގޮތުން ވަޙީކުރައްވަވާފައިވަނީ "މުއުމިނުންނަކީ ﷲ ތަޢަލާގެ ޛިކުރު ކުރެވޭ ހިނދު އެމީހުންގެ ހިތަށް ބިރުވެރިކަން ވަންނަ މީހުންނެވެ." ނަމާދުކުރާއިރު ވެސް ކީރިތި ޤްރްއާން ކިޔަވާއިރުވެސް، ދުޢާކުރާއިރުވެސް، އަސްތަޣްފާރުކުރާއިރުވެސް އަޅުގަނޑުމެން ކުރަނީ ﷲ ތަޢާލާގެ ޛިކުރެވެ.
އެއިން ކޮންމެ ވަގުތަކުވެސް އަޅުގަނޑުމެންގެ ހިތަށް ﷲ ތައާލާ އާއިމެދު ބިރުވެތިކަން ވަންނަން ޖެހެއެވެ. އެބިރުވެތިކަމާއި ނުލައި އަޅުގަނޑުމެން ކުރާ ނަމާދު ނަމާދަކަށް ނުވާނެއެވެ. ވީމާ މިކަންކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެއެވެ.
އީމާންކަމަކީ މީހާ އެންމެ ބޮޑަށް ކުރިއަށް ގެންގޮސްދޭ ބާރެވެ. އިސްލާމް ދީން ފެތުރިގެން އައި ދުވަސްވަރު ރަސޫލް (ޞޢވ) އާއި ޞަޙާބީން ތިއްބެވި ސާބިތުކަމަށް ބައްލަވާށެވެ! އެސާބިތުކަމަކީ ހިތުގައި އޮންނަ ވަރުގަދަ އީމާން ކަމަކުން ލިބޭ ސާބިތު ކަމެކެވެ. އެ ސާބިތުކަން ﷲ ތަޢާލާ ދެއްވަވަނީ އީމާންކަން ވަރުގަދަވުމުންނެވެ. އެސާބިތުކަން ލިބިއްޖެ ނަމަ އަޅުގަނޑުމެން މިހާރު މިއުޅޭ ހާލުގައި އުޅޭކަށް ނުޖެހޭނެއެވެ.
މަދީނާގައި އެއިރު ތިބި މަދު މުސްލިމުންކޮޅުގެ ކަންތައް އެކުގައި
ނިންމައިލަން 10،000 މީހުންގެ އެ ބިޔަ ލަޝްކަރު އައުމުންވެސް މުސްލިމުންނަށް މުސްލިމުންގެ ގޮތުގައި ސާބިތުވެ ތިބެވުނީ އެމީހުންގެ އީމާންތެރިކަން ވަރުގަދަކަމުންނެވެ. މުނާފިޤުން ފިލަން ދުވީ އެމީހުންގެ ހިތުގައި އީމާންތެރިކަން ނެތުމުންނެވެ.
އަދި ނުނިމޭ
- ޝައިޚް ޙަސަން ލަޠީފްގެ ދަރުސަކުން
ގުޅުންހުރި ވީޑިއޯ: