މިރޭ 10 އިން 11 އަށް ވީޓީވީން ކުރިއަށް ގެންދާ ފަސްމަންޒަރު ޕްރޮގްރާމްގައި ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މިއީ ނިމިގެންދިއަ ރިޔާސީ އިންތިޚާބަށްފަހު ޑރ. ޝަހީމް ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ސަރުކާރު ބަދަލުވުމުން ޑރ. ޝަހީމް ވަނީ އެމަނިކުފާނު އަދާކުރައްވަމުން ގެންދެވި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރު ކަމުން އިސްތިއުފާ ދެއްވައިފައެވެ.
މިހާރު އެމަނިކުފާނަށްވަނީ އޯއައިސީގައި ޚިދުމަތް ކުރުމުގެ ފުރުޞަތު ލިބިވަޑައިގެންފައެވެ.
https://twitter.com/Mohamedshaheem1/status/1082519531782688768
