އެއްފަހަރަކު ކްރިސްޓިއަން އަންހެން ދަރިވަރުން ކިޔަވާ ސްކޫލެއްގައި ތަޤްރީރުކުރަން ލިބުނު ފުރުޞަތެއްގައި ތަޤްރީރު ކޮށް ނިންމައިލިތަނާ ދަރިވަރަކު ސުވާލު ކުރިއެވެ. "ކަލޭ ތުނބުޅި ބަހައްޓާފައި ތިއަ ހުރީ ކީއްވެގެން ހެއްޔެވެ؟" ޖަވާބުގައި ބުނީމެވެ. "ޖީސަސް" ތުނބުޅި ބެހެއްޓީތީއެވެ. އަދި ބުނީމެވެ.
ޖީސަސް ކަމަށް ބުނެ ކުރަހައިގެން ތިއަ ގެންގުޅޭ ފޮޓޯތައް އަހަރެން ޤަބޫލެއް ނުކުރަމެވެ. ނަމަވެސް ޢީސާގެ ފާނަކީ ރަސޫލަކު ކަމަށް ޤަބޫލުކުރަމެވެ. މިތާވެސް ޖީސަސްގެ ތަޞްވީރުތައް އެބަހުއްޓެވެ. ނިކަން ބަލައިބަލާށެވެ. ތުނބުޅި ނެތް ފޮޓޯއެއް، ކުރެހުމެއް އެބަހުރި ހެއްޔެވެ؟ އަދި ބުނަން ހެއްޔެވެ؟ މިކަމުން ވެސް އަނގައިދެނީ ކްރިސްޓިއަނުންނަށްވުރެ މުސްލިމުން ޢީސާގެފާނަށް މާބޮޑަށް އިޙްތިރާމް ކުރާ ކަމެވެ.
އެވަގުތު އެހެން ދަރިވަރަކު ތެދުވެ ސުވާލުކުރިއެވެ. މުސްލިމް އަންހެނުން ބުރުގާ އަޅަނީ ކީއްވެގެން ހެއްޔެވެ؟ ކުޑަކޮށް ވިސްނައިލުމަށްފަހު ބުނީމެވެ. "މޭރީ" އަށް އިޙްތިރާމް ކުރުމަށެވެ. މެރީ ކަމަށް ބުނެ ތިއަ ގެންގުޅޭ އެއްވެސް ފޮޓޯއަކުން ނޫނީ ކުރެހުމަކުންވެސް މުސްލިމުން ބުރުގާ އަޅައި ނިވާވާ ގޮތަށް ނޫނީ މޭރީ ހެދުން އަޅައިގެން ހުއްޓައި ނިކަން ދައްކަބަލާށެވެ! ހަމަ ބުނަން އޮތީ އެކަމުން ވެސް އެނގެނީ ކްރިސްޓިއަނުންނަށްވުރެ ބޮޑަށް މޭރީ ދެކެ މުސްލިމުން ލޯބިވާ ކަމެވެ.
އެހިސާބުން ދެން އިތުރު ސުވާލެއް ކުރާނެ ދަރިވަރަކު ނުވިއެވެ!
- މުފްތީ މެންކުގެ ދަރުސަކުން