ވަގުންގެ ތެރެއިން ވެސް އެންމެ ނުބައި ވަގުންނަކީ ނަމާދުން ވައްކަންކުރާ މީހުން - ނަމާދުން ވައްކަން ކުރުމަކީ ރުކޫ އާ ސަޖިދަ ފުރިހަމަ ނުކުރުން: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ވަގުންގެ ތެރެއިން ވެސް އެންމެ ނުބައި ވަގުންނަކީ ނަމާދުން ވައްކަންކުރާ މީހުން - ނަމާދުން ވައްކަން ކުރުމަކީ ރުކޫ އާ ސަޖިދަ ފުރިހަމަ ނުކުރުން: ޙަދީޘް

"ނަމާދުގައި ރުކޫޢާ ސަޖިދަ ފުރިހަމަކުރާށެވެ! ފަހެ ވަގުންގެ ތެރެއިން އެންމެ ނުބައި ވަގުންނަކީ އެބައިމީހުންގެ ނަމާދުން ވައްކަންކުރާ މީހުން ކަމަށާއި، އެއީ އެމީހުންގެ ރުކޫޢާ ސަޖިދަ ފުރިހަމަ ނުކުރާ މީހުން ކަމަށް ޙަދީޘްގައި ބަޔާންވެގެންވޭ." 

- ޝައިޚް މުޙައްމަދު އަނީލް

ޝައިޚް އަނީލް ދެއްވާފައިވާ މި މެސެޖަކީ ވަރަށް މުހިންމު މެސެޖެއް ކަމުގައި ފާހަގަކުރެވެއެވެ. އެންމެ ކުޑަމިނުން ރުކޫޢު ކުރުމާއި ސަޖިދަ ކުރުމުގައި ހަށިގަނޑު ބާއްވަންޖެހޭ ގޮތަށާއި ޖައްސަން ޖެހޭ ގުނަވަންތައް ޖެއްސުމަށް ވެސް ގިނަ ބައަކު އެއްވެސް ސަމާލުކަމެއް ނުދޭތަން މިދަނީ ކޮންމެ ދުވަހަކު ފެންނަމުންނެވެ.

މިއަދު އޮންލައިން