ނަމާދު މަޑުޖައްސަލާފަ ވެސް މީހުންނަށް އެހީތެރިވާން ﷲ އަންގަވާފަ އޮތް ކަން އެނގޭތަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ނަމާދު މަޑުޖައްސަލާފަ ވެސް މީހުންނަށް އެހީތެރިވާން ﷲ އަންގަވާފަ އޮތް ކަން އެނގޭތަ؟: މުފްތީ މެންކް

ނަމާދަށް ހުއްޓައި ނަމަވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބެން އުޅޭކަން އެނގިއްޖެނަނަ މުސްލިމުންނަށް ވާޖިބުވެގެންވަނީ ނަމާދު މަޑުޖައްސާލާފައި ގޮސް އެމީހަކު އެ މުޞީބާތަކުން ސަލާމަތް ކުރުމެވެ. 

މިސާލަކަށް މިސްކިތަށް އަރައި ނަމާދުކުރަން ފަށަން އުޅެނިކޮށް ކަމެއް ފެނިދާނެއެވެ. ކަނު މީހަކު މަގު ހުރަސްކުރަން އުޅޭތަން ކުޑަ ދޮރަކުން ފެނިދާނެއެވެ. އެވަގުތު އެނާއަށް އެހީތެރިވެދޭނެ މީހަކު ނެތް ނަމަ ނަމާދު މަޑުޖައްސައިލާށެވެ! އަވަހަށް މިސްކިތުން ފައިބައިގެން ގޮސް އެމީހާ މަގު ހުރަސްކުރަން އެހީތެރިވެދޭށެވެ. އޭނާގެ ގައިގައި ވެހިކަލަކުން ޖެހިދާނެ ކަމަށްޓަކައެވެ. އޭނާގެ ފުރާނަ ސަލާމަތްކޮށް ދިނުމަށެވެ! އެކަން ކުރުމަށްފަހު އައިސް ނަމާދުކުރާށެވެ! 

މިއީ އިސްލާމް ދީނުގައި އެކަކު އަނެކަކަށް އެހީތެރިވެދިނުމަށް ބާރުއަޅާ މިންވަރެވެ. މީސްތަކުންގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރުމަށް ބާރުއަޅާ މިންވަރެވެ. 

ބައެއް ފަހަރު މީހަކަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް އަޅައިވެސް ނުލައި އެބަ ތިބެއެވެ. އެމީހާއަކީ މުނާފިޤެއް ކަމަށް ބަލައިގެންނެވެ. އެއްވެސް މީހަކީ މުނާފިޤެއް ކަމަށް ކަނޑައެޅުމަކީ އެއްވެސް މީހަކަށް ކުރެވެން އޮތް ކަމެއް ނޫނެވެ. އެހެނީ އެއްވެސް މީހެއްގެ ހިތް ނުފެންނާނެތީއެވެ. މުނާފިޤުން ކަނޑައަޅުއްވަވައި އަދަބު ދެއްވެވުމަކީ މީސްތަކުންގެ ހިތަތްކުގައިވާހައި ތަކެއްޗެއް މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާއަށް އެކަނި ޚާއްޞަވެގެންވާ ކަމެކެވެ. އެމީހާއަކީ މުނާފިޤެއް ކަމާއިމެދު ހިތުގައި ޝައްކު އޮތް ނަމަވެސް އެކަން ﷲ ތަޢާލާއަށް ވަކީލުކޮށް ހިތުން ފޮހެލާށެވެ. އެފަދަ މީހަކުވެސް ޙާލުގައި ޖެހިގެން އުޅޭތަން ފެނިއްޖެނަމަ އެހީތެރިވެދޭށެވެ!

އެމީހާއަކީ ތިބާގެ ހަސަދަވެރިއަކަށްވެސް ވެދާނެއެވެ. ޢަދާވާތްތެރިއަކަށްވެސް ވެދާނެއެވެ. އެފަދަ މީހަކަށް ނަމަވެސް ހާލެއްގައި ޖެހިގެން އުޅޭތަން ފެނިއްޖެނަމަ އެހީތެރިވެދޭށެވެ! އެފަދަ އެހީތެރިކަމެއްގެ ސަބަބަބުން އެމީހާއަކީ ތިބާއަށް އެންމެ ހެޔޮ އެދޭ މިތުރު ކަމަށްވެސް ބަދަލުވެދާނެ އެވެ. އަދި ބަދަލު ނުވި ނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ތިބާ އޭނާއަށް އެހީތެރިވީ އެނާއަށްޓަކައެއް ނޫނެވެ. ﷲ ތަޢާލާ އެކަމަށް އަމުރުފުޅު ކުރައްވަވާފައިވާތީއެވެ. ވީމާ ތިބާއަށްޓަކައި ﷲ ތަޢާލާ ދެއްވަވާނެ ނިޢްމަތްތައް މާމަތިވެރިއެވެ. 

މިއަދު އޮންލައިން