ރިވެތި އިސްލާމީ ޢަޤީދާ އާއި އިސްލާމް ދީނުގެ އަސާސްތައް ކުދިންގެ ގައިގައި އަށަގަންނަވައިދިނުން އެދިވަޑައިގެން ޝައިޚް ޢަލީ ޒައިދު އާދޭސް ކުރައްވައިފިއެވެ.
ޝައިޚް ޢަލީ ޒައިދު މިކަމަށް އާދޭސް ކުރައްވާފައިވަނީ ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށޭތީ ޢާންމު ކުރެއްވި މެސެޖެއްގައެވެ.
ޝައިޚް ޢަލީ ޒައިދު ވަނީ ދަރިވަރުން ލައްވައި ނަމާދު ކުރުވުމަށާއި ކޮންމެ ދާއިރާއަކުން ކިޔެވި ނަމަވެސް އިސްލާމް ދީނަށް އިހްތިރާމް ކުރަން ދަސްކޮށްދިނުމަށް ވެސް އެދިވަޑައިގެންފައެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ރަނގަޅު ޖީލެއް އުފެއްދޭނީ އެއިރުން ކަމަށެވެ.
"ސްކޫލްތައް ހުޅުވުނީ. އަޅުގަނޑުގެ އާދޭހަކީ ރިވެތި އިސްލާމީ ޢަޤީދާ އާއި އިސްލާމް ދީނުގެ އަސާސްތައް ކުދިންގެ ގައިގައި އަށަގަންނަވައިދިނުމެވެ. ނަމާދު ކުރުވާށެވެ! ކޮންމެ ދާއިރާއަކުން ކިޔެވި ނަމަވެސް އިސްލާމް ދީނަށް އިހްތިރާމް ކުރަން ދަސްކޮށްދޭށެވެ! ރަނގަޅު ޖީލެއް އުފެއްދޭނީ އެއިރުންނެވެ!"