ދެ ޖިންސް އެކުގައި ކިޔަވައިދިނުމާ ދެކޮޅަށް ޢަރަބިއްޔާ ސްކޫލްގެ ބައެއް ބެލެނިވެރިން އަޑު އުފުލައިފިއެވެ. މިކަން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު އެވެ.
މިހަރަކާތް ކުރިއަށް ގެންދިއަ ވަގުތަކީ ހެނދުނުގެ ނާސްތާ ދަރިވަރުންނަށް ދޭން ފެށުމުގެ ޕައިލެޓް ޕްރޮގްރާމް އިފްތިތާޙް ކުރުމަށް އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުވެސް ކުރިއަށް ގެންދިއަ ވަގުތެވެ. އެހެންކަމުން ނައިބް ރައީސް ފައިޞަލް ނަސީމް އާއި ތައުލީމީ ވަޒީރު ވަނީ އެ ބެލެނިވެރިންނާއި ބައްދަލުކުރައްވައި ކަންބޮދުވުންތައް އަޑުއައްސަވައިފައެވެ.
އަޑު އުފުލި ބެލެނިވެރިއަކު ބުނީ ސްކުލުގައި ޖާގައިގެ ދަތިކަން އޮތް ނަމަ ކްލާސްތަކުގައި އަންހެން ކުދިންނާއި ފިރިހެންކުދިން ވަކިކޮށްދިނުމަށް އެދޭކަމަށެވެ