ވައްކަމާ ޚިޔާނާތުގެ ހުރި ނުބައިކަމާ ވަޒީފާގެ މަސްއޫލިއްޔަތަށް ސަމާލުވުމާ ބެހޭ ގޮތުން ޝައިޚް އިލްޔާސް ފެނަކަ މުވައްޒިފުންނަށް ދީނީ މައުލޫމާތު ދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ވައްކަމާ ޚިޔާނާތުގެ ހުރި ނުބައިކަމާ ވަޒީފާގެ މަސްއޫލިއްޔަތަށް ސަމާލުވުމާ  ބެހޭ ގޮތުން ޝައިޚް އިލްޔާސް ފެނަކަ މުވައްޒިފުންނަށް ދީނީ މައުލޫމާތު ދެއްވައިފި

ވައްކަމާއި ޚިޔާނާތުގެ ހުރި ނުބައިކަމާއި ވަޒީފާގެ މަސްއޫލިއްޔަތަށް ސަމާލުވުމާއި ބެހޭ ގޮތުން ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ފެނަކް ކޯޕޮރޭޝަނުގެ މުވައްޒިފުންނަށް ދީނީ މައުލޫމާތު ދެއްވައިފިއެވެ. 

ފެނަކަ ކޯޕޮރޭޝަނުގައި ވަނީ ކޮރަޕްޝަނުގެ ވަރަށް ބޮޑެތި އަމަލުތަކެއް ހިންގައިފައެވެ. އެއިގެ ތެރޭގައި ކުންފުނީގެ ފައިސާއިން ޑޮލަރު ގަތުމުގެ ނަމުގައި ބޭރުފައިސާގެ މުޢާމަލާތު ކުރުމުގެ ހުއްދަ ނެތް ބައަކަށް 1 މިލިއަން ޑޮލަރުގެ ދިވެހި ރުފިޔާ ދިނުންވެސް ހިމެނެއެވެ. 

މީގެ އިތުރުން ރިޔާސީ ކެންޕޭނުގެ ދުވަސްވަރު ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒިފުންނަށްވެސް ވަނީ މައްސަލަތައް ކުރިމަތިކުރުވައިފައެވެ. އެހެންކަމުން ކުންފުނީގެ އައުބޯޑުން އެކަންކަމަށް މުވައްޒިފުން ދީނީ ގޮތުން ހޭލުންތެރި ކުރުވަން މިފެށި މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމުގައި ފާހަގަކުރެވެއެވެ. 

ސަރުކާރުގެ އެހެން ބައެއް ކުންފުނިތަކުން ވެސް މިފަދަ އަމަލުތައް ފެނިފައިވާއިރު މިކަމަކީ ސަރުކާރުގެ އެހެން ކުންފުނިތަކުންވެސް ކުރަންޖެހިފައިވާ ކަމެއްކަން ވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން