ދީނީ އިލްމުވެރިން ކަންކަން ބަޔާންކޮށް ދެއްވަމުން ގެނަދަވާއިރުވެސް ކީރިތި ޤްރްއާނުން މިވެނިކަމެއް އެވެނި ކަމެއް ނުފެންނަ ކަމަށް ހަދައިގެން އުޅޭ ބައަކު ދިވެހިގެ ދީނީ އެއްބައިވަންތަކަން ނަގައިލަން ގަދައަޅައި މަސައްކަތް ކުރަމުން އެބަގެންދެއެވެ. ކޮންމެ ދުވަހަކުހެން ގެންދަނީ ދީނީ ޢިލްމުވެރިންނަށް ފުރައްސާރަކުރަމުންނެވެ.
މިހާރު ކުރިމަތިވެގެން އުޅޭ ރަޖަމް ކުރުމުގެ މައްސަލައިގައި ކީރި ޤްރްއާނުން ޙުކުމް ނުފެނިގެން އުޅޭ މީހުން މިއާޔަތްތައް ބަލައިލުން އަދި ކިޔައިލުން ރަނގަޅުވާނެއެވެ.
"އޮއްސިގެންދާހިނދު، ތަރި ގަންދެއްވަވައި ވަޙީ ކުރައްވަވަމުއެވެ. ތިއަބައިމީހުންގެ އެކުވެރިޔާ (އެބަހީ: މުޙައްމަދުގެފާނު) ޙައްޤުމަގުން އެއްކިބާވެވަޑައެއް ނުގަންނަވައެވެ. އަދި ބާޠިލު އިޢްތިޤާދެއް ނުކުރައްވަވައެވެ. އަދި އެކަލޭގެފާނު އަމިއްލަފުޅަކަށް ވާހަކަފުޅެއް ނުދައްކަވަމުއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއް ކަމުގައި ނޫނީ ނުވެއެވެ." (ސޫރަތުއްނަޖްމް- 1،2،3،4)
ދެން ޝައިޚް ޝަފީޢު ޢަބްދުﷲގެ ލިޔުންކޮޅު ވިދާޅުވާށެވެ.
"ޤުރުއާނުގައި ރަޖަމުގެ ޙުކުމް ނެތޭ ބުނެ އިޢުތިރާޟު ކުރެވޭނެ އެއްވެސް އަސާސެއް ނެތެވެ. އެހެނީ، ޤުރުއާނުގައި ނަމާދު ކުރާނެ ގޮތުގެ ތަފްސީލުވެސް ނެތެވެ. އެކަންކަން ވަނީ އިސްލާމްދީނުގެ ދެވަނަ މަސްދަރު ކަމުގައިވާ މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމްގެ ސުންނަތުގައެވެ.
މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމްގެ ހަޔާތްޕުޅުގައި އެކަލޭގެފާނު ވަނީ ރަޖަމް ޙުކުމް އުއްމަތަށް ބަޔާންކުރައްވައި، އަދި ޒިނޭ ކުރި ކަމަށް އަމިއްލައިން އިޢުތިރާފުވި ދެ މީހެއްގެ މައްޗަށް އެޙުކުމް ތަންފީޒުވެސް ކުރައްވާފައެވެ. މިއީ ދޮގު ކުރެވެން ނެތް ޙަޤީޤަތްތަކެވެ. އަދި ހަމައެހެންމެ، ރަޖަމުގެ ޙުކުމަކީ ޞައްޙަ ޞަރީޙަ ޙަދީޘްފުޅުން ސާބިތުވާން އޮތް ޙުކުމެކެވެ.
މިއާ ގުޅިގެން އުއްމަތުގެ ޢިލްމުވެރިންގެ އިޖުމާޢުވެސް އެކަމުގައި އޮތް ޙުކުމެކެވެ. މިފަދަ މަތިވެރި ދަރަޖައަކަށް ސާބިތުވާ ދީނުގެ ޙުކުމަކަށް އެނގިހުރެ އިންކާރު ކުރުމަކީ ކުފުރުގެ ޢަމަލެކެވެ. އެހެނީ، އެމީހަކު، އެ އިންކާރު ކުރަނީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތާއި، އުއްމަތުގެ ޢިލްމުވެރިންގެ ޔަޤީން ކަށަވަރު އިޖުމާޢަކަށް ކަމަށްވާތީއެވެ."
ﷲ މިއަންގަވައި ވަޙީ ކުރައްވަވަނީ ތިމަން ﷲގެ ވަޙީ ނޫނީ ރަސޫލް (ޞޢވ) ބަޔާން ނުކުރައްވަވާކަމަށެވެ. ރަސޫލް (ޞޢވ) ބަޔާން ކުރެއްވެވީ ތިމަން ﷲ ގެ ވަހީ ކަމަށެވެ. މިއާޔަތް ކީރިތި ޤްރްއާނުގައި އޮއްވައި ރަޖަމް ކުރުމުގެ ޙަދީޘްއަކީ ދުނިޔޭގެ ހުރިހާ ދީނީ އިލްމުވެރިން އިއްތިފާޤުން ޤަބޫލުފުޅު ކުރައަވަވާ ޙަދީޘްފުޅަކަށްވާއިރު އަދި އެޙުކުމަށް ހުރިހާ ދީނީ ޢިލްމުވެރިން އިއްފާޤްވެވަޑައިގަންނަވާއިރު ދީނީ ޢިލްމުވެރިންނާއިމެދު ޝައްކު އުފައްދުވައި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގައިލަން މަސައްކަތްކުރާ މީހުންނާއިމެދު މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭކަމަށް ރައްޔިތުންގެ ގިނަ ބައަކު ދަނީ ބުނަމުންނެވެ.
ބައްލަވާ ރަޖަމް ކުރުމުގެ އާޔަތް ފެނިވަޑައި ނުގަންނަވައިގެން ތިއުޅުއްވާ ބޭފުޅާ ޢާއި ބޭފުޅުން ނަމާދުކުރައްވަމުތޯއެވެ! ނަމާދުކުރައްވާނަމަ ނަމާދުގައި ރަކްޢަތްތައް ތިއަ ކުރައްވަނީ ޤްރްއާނުގެ ކޮން އާޔަތަކުން ފެނިވަޑައިގަންނަވައިގެންތޯއެވެ؟ ނަމާދުގައި ކިޔާ ތަކެތި ފެނިވަޑައިގަންނަވަނީ ކޮން އާޔަތަކުންތޯއެވެ؟ ތިބޭފުޅުންނަކީ މިސްކިތަތްކުން ފެންނަ ބޭފުޅުންނެއް ނޫނެވެ! ނުފެންނަނީ ނަމާދުގައި ކިޔާ ތަކެއްޗާއި ނަމާދުކުރަންވީ ގޮތް ކީރިތި ޤްރްއާނުގެ އާޔަތްތަކުން ފެނިވަޑައިނުގަންނަވާތީތޯއެވެ.؟ އެހެންވިއްޔާ ޖެހިވަޑައިގަންނަވާނީ މަރުގެ މަލާއިކަތާ ވަޑައިގަންނަވަން ދެންވެސް ނަމާދު ނުކުރައްވައި ތިއްބަވާށެވެ. އެކަންކަން ކީރިތި ޤްރްއާނުގެ އެއްވެސް އާޔަތަކުން ނުފެންނާނެއެވެ. ފެންނާނީ ރަޖަމް ކުރުމުގެ ޙުކުމްވެސް ފެންނަ ފަދައިން ހަދީޘްފުޅުތަކުންނާއި ސުންނަތުންނެވެ.