އަމިއްލަ ގޮތުން ބައިވެރިވާ ކެންޑިޑޭޓުން ގިނަ ކަންކަމަށް އެއްބަސްވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 8ސ
އަމިއްލަ ގޮތުން ބައިވެރިވާ ކެންޑިޑޭޓުން ގިނަ ކަންކަމަށް އެއްބަސްވެއްޖެ

މިއަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ބައެއް ފަރާތްތަކުން ކެމްޕޭނު ކުރިއަށް ގެންދިޔުމުގެ އިތުރުން އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ގިނަ ކަންކަމަށް އަމަލު ކުރުމަށް މިއަދު އެއްބަސް ވެއްޖެއެވެ. 

އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ބައިވެރިވާ ބައެއް ކެންޑިޑޭޓުން މިއަދު ބޭއްވި ނިއުސްކޮންފަރެންސައި ވިދާޅުވީ މަޖިލިސް އިންތިހާބުގެ ކެމްޕޭނު ތެރޭގައި މާލީ ބަޔާން އާންމުކޮށް، އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ކޮންމެ އަހަރަކު ގަވާއިދުން މާލީ ބަޔާން އާންމުކުރަން ވެސް އަމިއްލަގޮތުން ވާދަ ކުރާ ކެންޑިޑޭޓުން ވަނީ އެއްބަސްވެފައިކަމަށެވެ.

މީގެއިތުރުން އިންތިހާބު ކާމިޔާބުވާ އަމިއްލަ މެމްބަރުންގެ އޮފީހެއް އެމެމްބަރެއްގެ ދާއިރާގައި ހުޅުވުމާއި ކޮންމެ މަހަކު އެދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް ވެސް އެކެންޑިޑޭޓުން ވަނީ އެއްބަސް ވެފައެވެ.

މީގެއިތުރުން ސިޔާސީ ޚަރަދުތައް ކުރުމަށް ވަކި ބޭންކު އެކައުންޓެއް ހުޅުވުމަށް ވެސް އެބޭފުޅުން އެއްބަސްވެފައިވާއިރު، ކެމްޕޭނު އެހީގެ ގޮތުގައި އެއް ލައްކަ ރުފިޔާއަށްވުރެ ބޮޑެތި އަދަދުތައް ބަލައިނުގަތުމަށް ވެސް ވަނީ އެއްބަސް ވެފައެވެ. އަދި ކެމްޕޭނަށް ލިބޭ އެހީތަކުގެ ތަފްސީލުތައް ވެސް އާންމު ކުރުމަށް އެބޭފުޅުން ވަނީ އެއްބަސްވެފައެވެ.

މިއަދު އޮންލައިން