ނަމާދަށް ހުއްޓޭއިރަށް އެމީހާގެ ފާފަތައް ގެނެސް ބޮލަށާއި ކޮނޑަލަށް ލެވޭ! އަވަސް އަވަހަށް ފާފަތައް އުކާލައި ފޮހެލުން އޮތީ އެމީހެއްގެ އަތްމަތީގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ނަމާދަށް ހުއްޓޭއިރަށް އެމީހާގެ ފާފަތައް ގެނެސް ބޮލަށާއި ކޮނޑަލަށް ލެވޭ! އަވަސް އަވަހަށް ފާފަތައް އުކާލައި ފޮހެލުން އޮތީ އެމީހެއްގެ އަތްމަތީގަ!

އެއްދުވަހަކު ޞަހާބީ ބޭކަލަކު މަގުމަތިން ވަޑައިގެންނެވުމުގައި ﷲ ތަޢަލާ ނަހީ ކުރެއްވެވި އަމަލަކަށް އަރައިވަޑައިގެންނެވުނެވެ. އެއަށްފަހު އެބޭކަލަކު އަވަސް އަވަހަށް ރަސޫލް (ޞޢވ) މިސްކިތަ ކޮޅުގައި އިންނަވަނިކޮށް ވަޑައިގެން އެ ކުށުން ތައުބާވާނެ ގޮތެއް ދެއްކެވުމަށް އެދިވަޑައިގެންނެވިއެވެ. 

އެއިރު ވަނީ ނަމާދު ވަގުތުވަދެފައެވެ. (ނަމާދު ވަގުތު ޖެހިފައެވެ.) އޭނާގެ ވާހަކައަށް ރަސޫލް (ޞޢވ) އެއްވެސް ޖަވާބެއް ނުދެއްވަވައެވެ. ޤަމަތް ދެވި ދަމާދުކޮށް ނިމުމުން ރަސޫލް (ޞޢވ) އެ ޞަހާބީ ގޮވާގެންނަވައި ސުވާލުކުރެއްވިއެވެ. "ތިމަން ބޭކަލުންނާއިއެކު މިސްކިތްކޮޅުގައި ނަމާދު ކުރެއްވިންތޯއެވެ؟؟ ޖަވާބުގައި އެބޭކަލަކު އާދޭހެވެ! ވިދާޅުވުމުން ރަސޫލް (ޞޢވ) ކިޔަވައި ވިދާޅުވި ޢާޔަތުގެ މާނައީ: "ހަމަކަށަވަރުން ހެޔޮ ކަންތައްތަކަކީ ނުބައިކަންތައްތައް ފޮހެލައި ދުރުކޮށްލާ ކަމެކެވެ." 

މިކަމުން މިއެނގެނީ އަޅުގަނޑުމެން ކުރާ ނަމާދުތަކަކީ އަޅުގަނޑުމެންގެ ފާފަތައް ފޮހެވިގެންދާނެ އަޅުކަމެއްކަމެވެ. ރަސޫލް (ޞޢވ) ކުރައްވަވާފައިވާ ޙަދީޝްފުޅެއްގެ މާނައިގައިވެއެވެ. "އަޅާ ނަމާދަށް ކޮޅަށް ތެދުވެއްޖެ ކަމުގައިވާނަމަ، އޭނާގެ ހުރިހާ ފާފަތަކެއް ގެނެވެއެވެ. އެފާފަތައް އޭނާގެ ބޮލަށާއި ދެކޮނޑަށް ލެވެއެވެ. އޭނާ ރުކޫއުކޮށް ސަޖިދައަށްދާ ކޮންމެ ހިނދެއްގައި އެހޭދަކުރާ ކޮންމެ ވަގުތެއްގައި އެފާފަތައް އޭނާގެ ކިބައިން ފައިބައިބައިގެން ފޮހެވިގެންދެއެވެ." 

ވީމާ އަޅުގަނޑުމެންނަކީ ގިނަގިނައިނަ ނަމާދުކޮށް އެކުރާ ނަމާދުތަކުގެ ސަބަބުން ފާފަތައް ފޮހެވޮގެންދާ ބައަކު ކަމުގައިވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!  

- ޝައިޚް އާދަމް ނިޝާންގެ ދަރުސަކުން

މިއަދު އޮންލައިން