"މުސްލިމުންގެ މެދުގައި ފާހިޝް އަމަލުތައް ފެތުރުމަށް މަސައްކަތް ކުރުމުން ހުރި ޝަޒާގެ ގަދަފަދަކަން ނޭނގޭ މީހަކުނަމަ މި ވަޙީ ބަސްފުޅު ހަނދުމަކޮށްލައްވާ! އަދި އެފަދަ ވާހަކަ ދައްކާ މީހުން ﷲ ގެ އަޒާބަށް ބިރުވެތިވެ ތައުބާވުމަށް ދަންނަވަން. މިސްލިމުން އެފަދަ މީހުންނާމެދު ސަމާލުވެތިބުން ވަރަށް މުހިންމު."
މިބަސްފޫޅާއިއެކު ޝައިޚް އިލްޔާސް ޓްވީޓް ކުރައްވާފައިވަނީ ކީރިތި ޤްރްއާނުގެ ނޫރު ސޫރަތުގެ 19 ވަނަ އާޔަތެވެ.
އެއާޔަތުގެ މާނައިގައިވަނީ "ހަމަކަށަވަރުން ﷲ އަށް އީމާންވި މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކަ އާއި، ޢަމަލު، ފެތުރިގެންދިއުމަށް ލޯބިކުރާ މީހުން (ދަންނާށެވެ!) ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު އެމީހުންނަށް ހުށްޓެވެ. ﷲ ދެނެވޮޑިގެންވެތެވެ. އަދި ތިއަބައިމީހުންނަކަށް ނޭނގެތެވެ." މިފަދައިންނެވެ.
Muslimunge medhugai fahish amaluthah fethurumah masakkakurmunhuri sazage gehadhafadhakan neygey meehakunama mi vaheebasfulhu handhankolavva adhi efadha vahaka dhakkameehun Allahuge azabah birivethive thaubavumah dhannavan
— Ilyas Hussain (@ilyaasipa) January 17, 2019
Muslimun efadha meehunna medhu samaluvethibun vmuhimmu pic.twitter.com/MnAwUDvZJO