ބުއްދީގެ ހަމަތަކުން އެކަނި ބެލި ނަމަވެސް ކީރިތި ޤްރްއާނާއިމެދު ޝައްކުކޮށް ޝައްކު އުފައްދަނީ އަމިއްލަ އެދުމުން ފުރިގެންވާ މީހުން: ޑރ. ޒާކިރު ނައިކު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 59ސ
ބުއްދީގެ ހަމަތަކުން އެކަނި ބެލި ނަމަވެސް ކީރިތި ޤްރްއާނާއިމެދު ޝައްކުކޮށް ޝައްކު އުފައްދަނީ އަމިއްލަ އެދުމުން ފުރިގެންވާ މީހުން: ޑރ. ޒާކިރު ނައިކު

ކީރިތި ޤްރްއާނުގެ ކުރިން ލިޔެވިފައިވާ ފޮތްތައްވެސް އެބަހުއްޓެވެ. އަދި އެއިގެ ފަހުން ވެސް ވަރަށް ގިނަ ފޮތްތައް ލިޔެވިފިއެވެ. ސައިންސުގެ ފޮތްތައް ވެސް ލިޔެފިއެވެ. ތަފާތު ތިއަރީތައްވެސް ސައިންސްވެރިން ހޯދައިފިއެވެ.

ސައިންސްވެރިން ހޯދި ތިއަރީތަކުން 90 އިންސައްތައަށްވުރެ ގިނަ ތިއަރީތައް ވަނީ ބަދަލުވެފައެވެ. އަދި ދެމިހުރި ތިއަރީތައްވެސް ދަނީ ބަދަލުކުރެވެމުންނެވެ. އެންމެ ފުރަތަމަ ހޯދި ގޮތަށްވުރެ މޮޅު ގޮތްތައް ފަހުން ފެނި ކަންކަން ގެންދަނީ ބަދަލުކުރަމުންނެވެ.

މިކަމުން އެނގެނީ އިންސާނުންނަށް ލިބިފައިވާ ޢިލްމަކީ އެންމެ ފުރިހަމަ ޢިލްމު ނޫންކަމެވެ. ލިބިގެން މިއުޅެނީ ޢިލްމުގެ ތެރެއިން ވަރަށް މަދު މިންވްރެއް ކަމެވެ. ލިބެމުން ދަނީ ﷲ ތަޢާލާ އުނގަންނަވައި ދެއްވެވި މިންވަރެއް ކަމެވެ.

ކީރިތި ޤްރްއާން ފިޔަވައި އެފޮތެއްގައި ބަޔާންވެގެންވާ އެއްވެސް ކަމެއް 1400 އަހަރުވީއިރުވެސް ދޮގު ނުކުރެވުނު ފޮތެއް ދައްކައިބަލާށެވެ! އެއީ ބައަކު ނުވަތަ މުޙައްމަދު ރަސޫލް (ޞޢވ) އަމިއްލަފުޅަށް އެކުލަވައިލެއްވެވި ފޮތެއް ނަމަ އެ ފޮތުގައިވާ ގޮތަށްވުރެ މޮޅު ގޮތެއް، 1400 އަހަރުވީއިރުވެސް އެއްވެސް މީހަކަށް ނުހޯދިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟

އެކަމެއް ވާނެ ކަމަށް ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ އެއްވެސް ކަމެއް ފެއިލް ނުވެ ހުރިހާ ކަމެއް ވަމުން މިދަނީ ކީއްވެގެން ހެއްޔެވެ؟ އެންމެ މުހިންމު ސުވާލަކީ އެ ފޮތުގައި، ކީރިތި ޤްރްއާނުގައިވާ ގޮތަށް ހުރިހާ ކަމެއް ވަމުން މިދަނީ ކީއްވެގެން ހެއްޔެވެ؟ ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ އެއްވެސް ކަމެއް މިއަދާއި ހަމައަށްވެސް ދޮގު ނުކުރެވިގެން މިއުޅެނީ ކީއްޔެވެން ހެއްޔެވެ. ތަކުރާރުކޮށްލާނަމެވެ. ކީރިތި ޤްރްއާނުގައި ބަޔާން ކުރައްވަވާފައި ކަމެއް އެއަށްވުރެ ފުރިހަމައަށް ކުރެވޭނެ ގޮތެއް ހޯދުނީ ކާކަށް ހެއްޔެވެ؟

ކީރިތި ޤްރްއާން ބާވައި ލެއްވެވުނީންސުރެ އެފޮތުން ކުށެއް ހޯދަން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިއަދާއި ހަމައަށް އައިރު އެކަމަށް ޚަރަދުކުރީ ކިތައް ހާސް ބިލިއަން ނުވަތަ ޓްރިލިއަން ޑޮލަރުހެއްޔެވެ؟ އެއްވެސް ނަތީޖާއެއް ނެރެވިއްޖެ ހެއްޔެވެ؟ ނުނެރެވެއެވެ. ނުވެސް ނެރެވޭނެއެވެ.

އެހެނީ ކީރިތި ޤްރްއާނަކީ ﷲ ތަޢާލާގެ ވަޙީއެވެ. އެ ފޮތުގައި އެއްވެސް އިންސާނެއްގެ ވިސްނުމަށް ލިޔެވިފައިވާ އެންމެ އަކުރެއްވެސް ނެތެވެ. އަދި ކީއްހެއްޔެވެ؟ އެންމެ ފިއްޔެއްގެ މިންވަރުވެސް ނެތެވެ.

ކީރިތި ޤްރްއާން އެގޮތުގައި ދުނިޔެ ނިމެންދެން ދެމިއޮންނާނެ ކަމަށް ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ. 1400 އަހަރުވީއިރުވެސް އެފޮތުގެ އެންމެ އަކުރަކަށް އަދި ފިޔަކަށްވެސް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް އެއްވެސް މީހަކަށް ހޯދިފައި ނެތުމުން ދުނިޔެ ނިމެން ބާކީ އޮތް މުއްދަތުގައިވެސް އެކަން އެގޮތަށް ދެމިއޮންނާނެ ކަމަށް ޔަޤީން ނުކުރަންވީ ކީއްޔެވެގެން ހެއްޔެވެ؟

މިހުރިހާ ޙަޤީޤަތްތައް ފެންނަން މިހެން ހުރުމުން އެކިއެކި މީސް މީހުން ބުނެފައިބަސްތަކާއި ގުޅުވައިގެން ނުވަތަ ސައިންސުގެ ހޯދުންތަކާއި ގުޅުވައިގެން ކީރިތި ޤްރްއާނަށް ގޮންޖަހަން އުޅުމަކީ ބުއްދި ސަލާމަތުން ހުރި ހަމައެކަކުވެސް ކުރާނެ ކަމެއް ނޫނެވެ. ކަންކަން ނިންމުމުގައި އިންސާނުން އެންމެ ބޮޑަށް އަބަދުވެސް ބަލަނީ ފެންނަން ހުންނަ ސާބިތު ހެކިތަކަށެވެ. ވީމާ ކީރިތި ޤްރްއާނަކީ މިހައި ފުރިހަމަ ސާބިތު، ޔަޤީން ހެކިތަކަކަށްވާއިރު ކީރިތި ޤްރްއާން ޤަބޫލު ނުކުރުމަކީ ބުއްދީގެ ހަމަތަކުންނާއި އިންސާނުން އަމަލުކުރަމުން އަންނަ އުޞޫލުންވެސް ކުރެވެން އޮތް ކަމެއް ނޫނެވެ.

--ޑރ. ޒާކިރް ނައިކުގެ ދަރުސަކުން

 

މިއަދު އޮންލައިން