ކައިވެންޏަކީ މާތް ﷲ އިންސާނުންނަށް އިރާދަކުރައްވާފައިވާ ގުޅުންތަކުގެ ތެރެއިން އެންމެ މަތިވެރި އެއް ގުޅުމެވެ.
މާތް ރަސްކަލާނގެ އިރާދަފުޅާއެކު ގިނަބަޔަކު ކައިވެނި ކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅެމުންދާއިރު، ކައިވެނި ކުރަން ބޭނުންވެފައި އެހެން ނަމަވެސް ކޮންމެވެސް ސަބަބުތަކަކާއިހެދި ކައިވެނި ނުކުރެވިފައިވާ މީހުން ވެސް މިދުނިޔޭގައި މަދެއް ނޫނެވެ. އެފަދަ މީހުންގެ އެންމެ ބޮޑު އެއް ފިކުރަކަށް ވެސް ވެފައިވަނީ އަވަހަށް ކައިވެނި ނުކުރެވުމެވެ.
ކޮންމެ ކަމަކީ ވެސް އެކަލާނގެ ކުޅަދުންވަތަކަމާއި އިރާދައާއިއެކު ވާނޭ ކަންކަމަށްވާއިރު، އަވަހަށް ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކުން ކުރުން ރަނގަޅު ދުޢާތަކެއް ވެސް ވެއެވެ. އެގޮތުން ދީނީ ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ:
· ސޫރަތުލް ޔާސީން ކިޔުމަށް
ޔާސީން ސޫރަތަކީ ކީރިތި ޤުރްއާން ގެ 36 ވަނަ ސޫރަތެވެ. މައްކީ ސުރަތެއް ކަމަށްވާ ޔާސީން ސޫރަތަކީ، ކީތިރި ޤުރްޢާންގެ "ހިތް" ކަމުގެ މާތް ލަގަބު ލިިބިފައިވާ ސޫރަތެވެ. ދީނީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިސޫރަތަކީ އެކަލާނގެ ގިނަގުނަ ނިޢުމަތްތަކެއް ލައްވަވާފައިވާ ސޫރަތަކެވެ. ގިނަ މައްސަލަތަކުގެ ޙައްލެއް ކަމުގައިވެސް ސޫރަތުލް ޔާސީންވީ ހިނދު، އަވަހަށް ކައިވެނި ކުރެވުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ.
· ސޫރަތުލް ގަސަސް ގެ 24 ވަނަ އާޔަތާއި ސޫރަތުލް ޟުޙާ ކިޔެވުން
ސޫރަތުލް ގަސަސް ގެ 24 ވަނަ އާޔަތަކީ މޫސާ އަލައިޙިއްސަލާމް އެކަލޭގެފާނުގެ ޤައުމުން ބޭރު ކުރެއްވި ހިނދު، އެކަނިވެރިކަން އިޙްސާސް ކުރެއްވުމުން މާތް ރަސްކަލާނގެއަށް ދެންނެވި ދުޢާއެކެވެ. ގިނަ ދީނީ ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި ފިރިހެނަކު މިއާޔަތް ދުވާލަކު 100 ފަހަރު ކިޔައިފިނަމަ، އޭނާއަށް ކައިވެނިކުރާނެ ހެޔޮލަފާ އަނތްބަކު ލިބުމަށް މާތް ﷲ މިންވަރު ކުރައްވައެވެ.

ހަމަ މިފަދައިން އަންހެނަކު، ކޮންމެ ދުވަހަކު ފަތިސް ނަމާދަށްފަހު ސޫރަތުލް ޟުހާ 11 ފަހަރު ކިޔަވައިފިނަމަ، އޭނާއާއި ކައިވެނި ކުރާނެ ހެޔޮލަފާ ފިރިހެނެއްގެ ފަރާތުން ކައިވެންޏަށް ހުށަހެޅުމެއް ލިބޭނެ ކަމަށް އެބޭފުޅުން ވިދާޅުވެފައިވެއެވެ.
· ގިނަގިނައިން މާތް ﷲ ގެ އިސްމުފުޅު ކިޔުއްވުން
ކޮންމެ ނަމާދެއް ކުރުމަށްފަހު، މެދުކެނޑުމެއް ނެތި 41 ދުވަސް ވަންދެން، މާތް ﷲ ގެ މިއިސްފުޅުތައް މިއަދަދަށް ކިޔުއްވުމަށް ދީނީ ޢިލްމުވެރިން ނަސޭޙަތްތެރިވެފައިވެއެވެ. އެބޭފުޅުން ވިދާޅުވަނީ ތިރީގައިމިވާ އޯޑަރަށް އިސްމުފުޅުތައް ކިޔުއްވުމަށެވެ.
- ދުރޫދް ޝަރީފް: 11 ފަހަރު
- ﷲ : 313 ފަހަރު
- ދުރޫދް ޝަރީފް: 11 ފަހަރު
· ސޫރަތުލް ތައުބާ ގެ 129 ވަނަ އާޔަތް ކިޔެވުން
ދުވަހުގެ ކޮންމެ ވެސް އެއް ނަމާދެއް ގާއިމް ކުރުމަށްފަހު، ތިރީގައިވާ އޯޑަރަށް ތަސްބީޙަ ކިޔުމަށް ދީނީ ޢިލްމުވެރިން ނަސޭޙަތްތެރި ވެފައިވެއެވެ.
- `: 19 ފަހަރު
- ސުރަތުލް ތައުބާގެ 129 ވަނަ އާޔަތް: 1100 ފަހަރު
- ދުރޫދް ޝަރީފް: 100 ފަހަރު
- `: 19 ފަހަރު
· މަރްޔަމް ސޫރަތް ކިޔެވުން
ކޮންމެވެސް އެއް ނަމާދަކަށްފަހު، އެއް ފަހަރު ސުރަތުލް މަރްޔަމް ކިޔެވުމަކީ ވެސް އަވަހަށް ކައިވެނި ކުރަން އެދުމުގެ ދުއާ އެކެވެ. ނަމަވެސް ދީނީ ޢިލްމުވެރިން ވިދާޅުވެފައިވަނީ ހަމައެކަނި އަންހެނުން ނުވަތަ އަންހެން ކުއްޖާގެ މައިން، (ކައިވެނި ކުރަން ދުޢާއެއްގެ ގޮތުން) މިސޫރަތް ކިޔެވުމަށެވެ.
· ފާޠިމަތުއްޒަހްރާ ގެ ޛިކްރު ކިޔުން
ފާޠިމަތުއްޒަޙްރާ އަކީ މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ގެ ލޮބިވެތި ދަރިކަނބަލުން ކަމަށްވާ ސައްޔިދާ ފާޠިމަތު (ރަޟިއައްﷲ އަންޙާ) އަށް މާތް ރަސްކަލާނގެ ދެއްވާފައިވާ މަތިވެރި ލަގަބެކެވެ. (ނަމެކެވެ). އަވަހަށް ކައިވެނި ކުރުމަށް އެދި ދުޢާއެއްގެ ގޮތުން ފާޠިމަތުއްޒަޙްރާގެ ޛިކްރު ކިޔުމަށް 2 ރަކްއަތުގެ ނަމާދަކަށްފަހު 11 ފަހަރު ދުރޫދް ޝަރީފް ކިޔުމަށްފަހު،
- ﷲ އަކްބަރް: 34 ފަހަރު
- އަލްޙަމްދުލިﷲ : 33 ފަހަރު
- ސުބްޙާނަﷲ : 33 ފަހަރު
- ދުރޫދް ޝަރީފް : 11 ފަހަރު، ކިޔަވާށެވެ.