ނަބިއްޔާ (ޞޢވ)އަށް ބަދު ބަސް ބުނާ މީހާޢަކީ ދީނުން ބޭރުވެ މުރުތައްދުވެފައިވާ މީހެއް- ފިޔަވަޅު އެޅުމަކީ ދައުލަތުގެ ޒިންމާއެއް: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ނަބިއްޔާ (ޞޢވ)އަށް ބަދު ބަސް ބުނާ މީހާޢަކީ ދީނުން ބޭރުވެ މުރުތައްދުވެފައިވާ މީހެއް- ފިޔަވަޅު އެޅުމަކީ ދައުލަތުގެ ޒިންމާއެއް: ޝައިޚް އިލްޔާސް

"އަޅުގަނޑުމެންގެ މާތް ނަބިއްޔާއަށް ބަދު ބަސް ބުނާ މީހާޢަކީ ދީނުން ބޭރުވެ މުރިތައްދުވެފައިވާ މީހެކެވެ. އަދި (އެފަދަ ކަންކަން ކުރުމަކީ، އަޅުގަނޑުމެންގެ މާތް ނަބިއްޔާއަށް ބަދު ބަސް ބުނުމަކީ) މުސްލިމުންގެ ލެޔާއި ކުޅެލުމެވެ. (އެހެންކަމުން އެފަދަ ކަންކަން ކުރާ މީހުންނަށް ކަމާއިބެހޭ ފަރާތްތަކުން ފިޔަވަޅު އެޅުމަކީ އެ ފަރާތްތަކުގެ ޒިންމާއެވެ. އަދި އެފަދަ ފަރާތްތަކާއިމެދު ފިޔަވަޅު ނުއެޅުމަކީ މުޖުތަމައުގެ އަމާންކަން ގެއްލޭނެ ކަމެކެވެ."

މިއީ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ކުރައްވާށފައިވާ ޓްވީޓެކެވެ. މި ޓްވީޓާއިއެކު ބަޔާންކުރައްވާފައިވަނީ ތައުބާ ސޫރަތުގެ 22 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައިގައި ވަނީ، "ތިއަބައިމީހުން ާުޖްރު ނުދައްކާށެވެ! ތިއަބައިމީހުން އީމާންވުމަށްފަހު، ތިއަ ބައިމީހުން ތިއަ ތިބީ ކާފިރުވެފައިކަން ކަށަވަރެވެ. ތިއަބައިމީހުނެތެރެއިން ބައަކަށް ތިމަން ﷲ ޢަފޫކުރެއްވެވި ނަމަވެސް އަނެއް ބައަކަށް ތިމަން ﷲ ޢަޛާބު ދެއްވަވަމެވެ. އެއީ، ހަމަކަށަވަރުން، އެއުރެންނަކީ ކުށްވެރި ބައަކުކަމުގައިވީ ކަމަށްޓަކައެވެ."

ޝައިޚް އިލްޔާސް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ރާއްޖޭގައި ކޮލެޖެއް ހިނަގައި ދަރިވަރުން ތަކަކަށް ކިޔަވައިދޭ އިބްރާހީމް އިސްމާޢީލް، ރަސޫލް (ޞޢވ) އަސް ނިޞްބަތްކޮށް މުސްލިމަކު ބުނެގެން ނުވާނެ ބަސްތަކެއް ބުނެފައިވާ ވަގުތެއްގައެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަސް ނިސްބަތްކޮށް މިފަދަ ބަސްތައް ބުނުމަކީ އިބްރާ ވަރަށް ގިނައިން ކުރަމުން އަންނަ ކަމެކެވެ. އެހެންކަމުން ރަސޫލް (ޞޢވ) ގެ މިފަދަ ބޮޑު އަދާވާތްތެރިއަކު ހިންގާ ކޮލެޖެއްގައި ދަރިވަރުންގެ ސިކުނޑި ދޮންނާނެ މިންވަރާއިމެދު މިވަނީ ބޮޑެތި ސުވާލުތައް އުފެދިފައެވެ. 

https://twitter.com/ilyaasipa/status/1086816093006487552

 



މިއަދު އޮންލައިން