ޝައިޚް ޢަލީ ޒައިދުގެ ރައްދު ނިހާނަށް: އެއިރުވެސް މިއަދުވެސް މިބުނަނީ ޙައްޤުބަސް - އެއިރު ތިބި މީހުން އަޑު ނުއެހީ ނޫންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ޝައިޚް ޢަލީ ޒައިދުގެ ރައްދު ނިހާނަށް: އެއިރުވެސް މިއަދުވެސް މިބުނަނީ ޙައްޤުބަސް - އެއިރު ތިބި މީހުން އަޑު ނުއެހީ ނޫންތޯ؟

"ނިހާން! އަޅުގަނޑުމެން އެއިރުވެސް ބުނީ ޙައްޤު ބަސް. މިއަދުވެސް ބުނަނީ ޙައްޤުބަސް. އަދި މާދަންވެސް (ބުނާނީ ޙައްޤު ބަސް) އިންޝާ ﷲ! ތަފާތަކީ ވެރިކަމުގައި ތިއްބެވި ބޭފުޅުން، އެއިރު ބައެއް ބޭފުޅުން އަޑެއް ނުއެއްސެވި ނޫންތޯ ދެވުނު ނަޞޭޙަތްތަކެއް! ކަންކަން ވަރަށް ގޯސްވެގެން ދިއަ ނޫންތޯ؟ އެނގިލައްވާނެ." މިއީ ޝައިޚް ޢަލީ ޒައިދު ކުރައްވާފައިވާ ޓްވީޓެކެވެ. 

ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައި މިވަނީ "ތިއަ ބަލިގަނޑު ހިލިގަތީ، ޝައިޚްމެން ގަދަ ވިއްދާފަ ގެނައި ސަރުކާރުގެ ސަބަބުން" ކަމަށް ވިދާޅުވެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

މިއަދު އޮންލައިން