"ޤާނޫނު ހަދަން އެނގޭ ކަމަށް ހީކުރެވުނު ނަމަވެސް އިސްލާމް ދީނުގެ ފުރިހަމަ މައުލޫމާތު ލިބިފައި ނެތް ނަމަ ތިމާއަށް ދެއްކޭ ނުދެއްކޭ ވާހައެއް ނުއެނގި ހިނގައިދާނެ ކަމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
"މާތް ނަބިއްޔާއަށް ބަސް ބުނާ މީހުން ޣައިރު މުސްލިމުންގެ މިވާހަކަ އަޑު އަހައިލުން ބުއްދިވެރި." ކަމަށް ވިދާޅުވެ ޝައިޚް އިލްޔާސް ކުރައްވާފައިވާ މިޓްވީޓާއިއެކު އެޓޭޗް ކުރައްވާފައިވާ ވީޑިއޯ ކޮޅުގައި ހިންދޫ ދީނުގެ ބޮޑަކު ބުނެފައިވަނީ ޢިލްމު އުނެގެނެން ބޭނުންނަމަ ﷲ ތަޢަލާގެ މަގުގައި ކުރިއަށް ދިއުމަށެވެ. އެއަށްފަހު ބުނެފައިވަނީ އިލްމުވެރިޔާ ލިޔަން ބޭނުންކުރާ ދެލީގެ އަގު ޝަހީދުވި މުޖާހިދެއްގެ ލެޔަށްވުރެ މުހިންމު ކަމަށެވެ.
އަދި އިސްލާމް ދީނުގެ ރަސޫލާ މުޙައްމަދު (ޞޢވ) އަކީ އެންމެ މަތިވެރި ރަސޫލާ ކަމަށް އޭނާ އެއްބަސްވާ ކަމަށެވެ. އަދި ރަސޫލް (ޞޢވ) ގެ ސުންނަތަށް ތަބައަވުމުން މުސްލިމުންނަކީ ދުނިޔެއަށް ލިބުނު ތަރައްޤީގެ މާސްޓަރުންނަށް ވެގެން ދިއަ ކަމަށެވެ.
ދެން އޭނާ ބުނެފައިވަނީ މުސްލިމުންގެ ޚަލީފާއަކު މުސްލިމް ޢިލްމުވެރިއަކު އޭނާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޚަލީފާގެ ގަނޑުވަރަށް ބަދަލުވުމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް އެކަން ޢިލްމުވެރިޔާ ޤަބޫލުފުޅު ނުކުރެއްވި ކަމަށާއި ސަބަބެއް ކަމަށް ވިދާޅުވީ ގަނޑުވަރަށް އޭނާ ބަދަލުވެވަޑައިގަންނަވާނަމަ ޢިލްމުވެރިޔާގެ ފޮތްތައް އުފުލަން އެކަނިވެސް 40 ޖަމަލު ބޭނުންފުޅުވާތީ ކަމަށެވެ.
އޭނާ ބުނެފައިވަނީ އެއީ އިސްލާމް ދީން އެންމެ ކުރިއަރައި ދިއަ ދުވަސްވަރު ކަމަށެވެ. އަދި އޭނާ "ފޮލޯ" ކުރަނީ އެ އިސްލާމް ދީނުގެ ކަންކަން ކަމަށާއި އޭނާއަކީ ހިންދޫއަކަށް ވުމަކީ އޭނާގެ ޑިޔުޓީ ކަމަށެވެ.
Ganoonu handhan engeykamah heekurevunas islam dheenuge furihama mauloomathu libifai nennama thimayah dhekkey nudhekkey vahaka neyngi hingaidhane
— Ilyas Hussain (@ilyaasipa) January 20, 2019
may nabiyya ah basbuna meehun nikan gairu muslimegge mivahaka aduahalevvun budhdhiveri pic.twitter.com/9ZDBoC3qzx