މައި ގޯހަކީ ޒިނޭ! ޒިނޭގެ ދަރިން ލިބުން ހުއްޓުވޭނީ "މައި ގޯސް" ޒިނޭކުރުން ހުއްޓުވިގެން!: ޝައިޚް ޝަފީޢު ޢަބްދުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
މައި ގޯހަކީ ޒިނޭ! ޒިނޭގެ ދަރިން ލިބުން ހުއްޓުވޭނީ "މައި ގޯސް" ޒިނޭކުރުން ހުއްޓުވިގެން!: ޝައިޚް ޝަފީޢު ޢަބްދުﷲ

މައި ގޯހަކީ ޒިނޭކުރުން ކަމަށާއި ޒިނޭގެ ދަރިން ލިބުމުގެ މައްސަލަ ކުރިމަތިވަނީ ޒިނޭކުރުމުން ކަމަށްވާއިރު ފުރަތަމަ ކްންބޮޑުވެ، ހުއްޓުވަން ޖެހެނީ ޒިނޭކުރުން ކަމަށް ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވީ ހަމައެކަނި ގޯހަކީ ކައިވެނި ނުކޮށް ތިބެ ދަރިން ލިބި، އެދަރިން ބިކަވުމެއް ނޫން ކަމަށެވެ. ކައިވެނީގެ ކުރިން ޒިނޭ ކުރުމަކީ އެއިގެ ކުރިން ހަދާ ގޯހެއް ކަމަށާއި ދެވަނަ ގޯސް ކަމަށްވާ ބަލިވެ އިނުމުން ފަޅާ އެރުމަކީ ފުރަތަމަ ގޯހުގެ ތެރެއިން ކުރިމަތިވާ ގޯހެއް ކަމަށެވެ. އެހެންކަމުން މައި ގޯސް ކަމަށްވާ ޒިނޭއަށް އެޑްރެސް ނުކޮށް، އެއިން ފަޅާ ގޯހަށް ހަމައެކަނި އެޑްރެސް ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

"ނުއިނދެ ދަރިން ލިބި، އެދަރިން ބިކަވުމެއް ނޫން ހަމައެކަނި ގޯހަކީ. އެއިގެ ކުރިން ހަދާ ގޯހެއް، ކައިވެނީގެ ކުރިން ޒިނޭ ކުރުން. އެ ގޯހުން ފަޅާއަރާ ގޯހެއް ދެވަނަ ގޯހަކީ. އެހެން ވީމާ މައި ގޯސް ޒިނޭއަށް އެޑްރެސް ނުކޮށް، އެއިން ފަޅާ ގޯހަށް ހަމައެކަނި އެޑްރެސް ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން

!" ޝައިޚް ޝަފީޢު ޢަބްދުﷲ
https://twitter.com/shafeeu26/status/1086256576376254464

މިއަދު އޮންލައިން