މީސްތަކުންގެ ނަޒަރުގައި ނަމާދު ނުކުރާ މީހަކީ އޭނާގެ ބޭރުފުށަށް ބަލާފައި "ރަނގަޅު" މީހެއްކަމަށް ކަނޑައެޅި ނަމަވެސް އެއީ ދީނީގޮތުން ރަނގަޅު މީހެއް ނޫން ކަމަށާއި އޭނައަކީ ނުރައްކާތެރި މަރުޙަލާއެއްގައިވާ މީހެއް ކަމަށް ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިޚް ޝަފީޢު ވިދާޅުވީ ނަމާދު ނުކުރާ މީހާޢަކީ ނަރަކައިގެ ގަދަފަދަ އަޒާބަށް ހުށަހެޅުން ކައިރި މީހެއް ކަމަށެވެ.
ޝައިޚް ޝަފީޢު މިފަދައިން ވިދާޅުވެފައިވާއިރު މީސްތަކުން ލައްވައި ނަމާދުކުރުމަށް ބާރުއެޅުމުގެ ގޮތުން އިންޑޮނޭސިއާގެ ރަށެއްގައި ފަތިސް ނަމާދު ނުކުރާ ސިވިލް ސަރވަންޓުން މިހާރު ގެންދަނީ ވަޒީފާއިން ވަކިކުރަމުންނެވެ. ބުރުނާއީގައި ހުކުރު ވާޖިބުވެ ހުކުރަށް ނުދާ މީހުން ގެންދަނީ 1 އަހަރު ދުވަހަށް ޖަލަށް ލަމުންނެވެ.
މީސްތަކުންގެ ނަޒަރުގައި ނަމާދު ނުކުރާ މީހަކީ އޭނަގެ ބޭރުފުށަށް ބަލާފައި "ރަނގަޅު" މީހެއްކަމަށް ކަނޑައެޅިޔަސް އެއީ ދީނީގޮތުން ރަނގަޅު މީހެއް ނޫނެވެ. އޭނައަކީ ނުރައްކާތެރި މަރުޙަލާއެއްގައިވާ މީހެކެވެ. ނަރަކައިގެ ގަދަފަދަ އަޒާބަށް ހުށަހެޅުން ކައިރި މީހެކެވެ.
— Shafeeu Abdullah (@shafeeu26) January 22, 2019