"އިސްލާމް ދީނަށް ބަދު ބަހެއް ރައްދުވާކަށް ހަމަ އެންމެ ދިވެއްސަކުވެސް ނޭދޭނެއެވެ. އަދި މާތް ނަބިއްޔާ (ޞޢވ) އަށާއި އެމާތް ނަބިއްޔާގެ ޞަޙާބީންނަށް ބޭއަދަބީ ގޮތަކަށް މުޚާޠަބް ކުރެވޭކަށް ވެސް ނުމެ އެދޭނެ މެއެވެ. އަދި އެންމެފަހު ނޭވާއަށް ދާންދެން މި ދީން ހިމާޔަތް ކުރުމުގައި ކޮންމެ ދިވެއްސަކު ސާބިތުވެ ހުންނާނެކަން ކަށަވަރެވެ." - މިއަދުގެ ޚުޠުބާއިން
މިއަދުގެ ޚުޠުބާގައި ހިމެނޭ މިބަސްކޮޅުތަކަކީ މިއަދުހާލަތާއި ވަރަށް ގުޅުންހުރި ބަސްކޮޅުތަކެކެވެ. އިސްލާމް ދީނަށް ބަދު ބަހެއް ރައްދުވުމަށް ހަމަ އެންމެ ދިވެއްސަކުވެސް ނުއެދޭނެ ކަމަށް އޮތް އޮތުމާއި އެންމެފަހު ނޭވާއަށް ދާންދެން މި ދީން ހިމާޔަތް ކުރުމުގައި ކޮންމެ ދިވެއްސަކު ސާބިތުވެ ހުންނާނެކަން ކަށަވަރު ކަމަށް އޮތުމުން ވަރަށް ގިނަ ކަންތައްތަކެއް އެދިގެންދެއެވެ.
މި ބަސްކޮޅުތަކުން އެނގިގެންދަނީ އިސްލާމް ދީނަށް ގޮންޖަހައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ބަދު ބަސްތައް ބުނެ އިސްލާމް ދީނަށް ފުރައްސާރަކުރުމަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމާއި އިސްލާމް ދީން ހިމާޔަތް ކުރުމުގައި ކޮންމެ ދިވެއްސަކު ސާބިތުވެ ހުންނާނެކަމެވެ. އިސްލާމް ދީނަށް ފުރައްސާރަކޮށް ރާއްޖެއިން އިސްލާމް ދީން ފޮހެލަން މަސައްކަތްކުރާ ކޮންމެ މީހަކާއި ދެކޮޅަށް ދިވެހިން ނުކުމެ އެފަދަ މީހުންގެ ކިބައިން ދިވެހި ޤައުމު ސަލާމަތް ކުރަން މަސައްކަތްކުރާނެ ކަމެވެ.
ސަރުކާރުން މީޑިއާއަށް ދިން މިނިވަންކަމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކުރަން ހަދާފައިވާ ޤާނޫނުތައް މުގުރަމުން ގެންދާއިރު އެތަން ބަލަން ދިވެހިން ނުތިބޭނެއެވެ. ކުރިމަތިލާނެ އެވެ. މާތް ﷲ ގެ މަގުގައި ސާބިތުވެ ތިބެ އިސްލާމް ދީނުގެ ހިމާޔަތުގައި މަސައްކަތްކުރާނެއެވެ.