"އިސްލާމް ދީނުގެ ޝިޢާރުތަކަށް ކުޑައިމިސްކުރާމީހުން ﷲ އަށް ބިރުވެތިވާށެވެ! ތައުބާވެ ދީނުގެ ތަރަހައިގެ ތެރެއަށް ވަންނާށެވެ! އިސްލާމް ދީނަށް ފުރައްސާރަކުރުމުގައި ތިއަ މީހުންނަށްވުރެ މާ ވަރުގަދަ ބާރުހުރި މީހުން މިދުނިޔޭގައި އުޅެފިއެވެ. ޢިބްރަތް ލިބިގަންނާށެވެ!"
މިއީ ޝައިޚް މުޙައްމަދު އަނީލް ވިދާޅުވެފައިވާ ވަރަށް ޙިކުމަތްތެރި ބަސްކޮޅެކެވެ.
އިސްލާމް ދީން ނިކަމެތި ކުރުމަށްޓަކައި އިސްލާމް ދީނަށް ފުރައްސާރަކޮށް ޑިމޮކްރަސީގެ ވާހަކަތައް އެންމެ ބާރަށް ދައްކަމުން އަންނަނީ ޔޫރަޕާއި އެމެރިކާގައެވެ. އެހުރިހާ ކަމެއް ކުރަމުން ގެންދާއިރުވެސް އިސްލާމް ދީން އެންމެ ބާރަށް ކުރިއަރަމުން އަންނަނީވެސް ހަމަ އެ ޤައުމުތަކުގައެވެ.
މުޅި ދުނިޔެއަށް ބެލި ނަމަވެސް އެމީހުން ތިބި ދީން ދޫކޮށް އެންމެ ގިނަ ބައަކު ހިޖުރަ ކުރަމުން އަންނަނީ އިސްލާމް ދީނަށެވެ. ނަމަވެސް ރާއްޖެއިން މިއަދު މިފެންނަނީ ބައަކަށް އިސްލާމް ދީން ކަމު ނުގޮސްގެން އުޅޭތަނެވެ. ބުއްދީގެ ހަމަތަކުން ބެލި ނަމަވެސް މިއީ ކިހިނަކުން ޤަބޫލުކުރެވޭނެ ކަމެއްބާވައެވެ!
Islam dheenuge shi'aaru thakah kudaimees kuraa meehun, Allah ah biruvethi vaasheve. thaubaa ve dheenuge tharahaige there ah vannaasheve. Islam dheenah furassaara kurumugai thiya meehunnah vure maa varugadha, baaru huri meehun mi dhuniyeygai ulhefieve. iburaiy libigannaasheve.
— Aneel (@mohamed_aneel) January 24, 2019