"ރަޖަމްގެ އާޔަތަކީ ކީރިތި ޤްރްއާނުގެ އަލްއަޙްޒާބު ސޫރަތުގައި ހިމެނޭ އާޔަތެކެވެ. އެސޫރަތަކީ ބާވައި ލެއްވެވުނު އިރު ބަޤަރާ ސޫރަތް ހައި ދިގު ސޫރަތެކެވެ. ފަހުން އެ ސޫރަތުގެ ބައެއް އާޔަތްތައް ﷲ ތަޢާލާ މަންސޫޚް ކުރެއްވެވީއެވެ. ނަމަވެސް ރަޖަމް ކުރުމަށް އަމުރުވެވިގެންވާ އާޔަތުގެ ޙުކުމް މަންޞޫޚްކުރައްވަވާފައެއް ނުވެއެވެ."
ޝައިޚް އާދަމް ނިޝާންގެ މި ވާހަކަފުޅާއި ގުޅިގެން މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައިޚް އާދަމް ނަޝީދު ވިދާޅުވީ މިއީ ދީނުގެ ހުރިހާ ޢިލްމުވެރިން އިއްތިފާޤްވެވަޑައިގަންނަވާ ކަމެއް ކަމަށާއި އެއްވެސް ދީނީ ޢިލްމުވެރިއަކު މިކަމަށް އިންކާރު ނުކުރައްވަވާ ކަމަށެވެ. އަދި ނުވެސް ކުރައްވަވާނެ ކަމަށެވެ.
ޝައިޚް އާދަމް ނިޝާން ވިދާޅުވީ ދީނުގެ ހުރިހާ ޢިލްމުވެރިން އިއްތިފާޤްވެވަޑައިގަންނަވާ، އަދި އިސްލާމް ދީނުގައި ފެށުނީންސުރެ މިހައިތަނަށް ބަދަލެއް ނައިސް އޮތް ކަމެއްގެ މައްޗަށް އަމިއްލަ ރައުޔު ނެރުމަކީ މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ކުރެވިގެންވެސް ވާނެ ކަމެއް ނޫން ކަމަށެވެ.
ޝައިޚް އާދަމް ނިޝާންގެ އެންމެ 8 މިނިޓުގެ މި ވީޑިއޯ ދަރުސް ހަމަ ކޮންމެ ބޭފުޅަކުވެސް އަޑު އައްސަވައިލެއްވެވުން ވަރަށް މުހިންމު ކަމަށް ދަންނަވަމެވެ.
ޝައިޚް އާދަމް ނިޝާންގެ ވީޑިއޯ: