އިސްލާމް ދީނުގެ ހިމާޔަތުގަ ރައްޔިތުން މަސައްކަތް ނުކޮށްފިނަމަ އެ ޤައުމަކަށް ލިބޭނެ ގެއްލުންތައް މިއަދުގެ ޚުޠުބާއިން ވަރަށް ސާފު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
އިސްލާމް ދީނުގެ ހިމާޔަތުގަ ރައްޔިތުން މަސައްކަތް ނުކޮށްފިނަމަ އެ ޤައުމަކަށް ލިބޭނެ ގެއްލުންތައް މިއަދުގެ ޚުޠުބާއިން ވަރަށް ސާފު!

މިއަދުގެ ޚުޠުބާގައި ވެސް ބުނެފައިވަނީ ދިވެހިންނަށް ލިބިފައިވާ އެންމެ މަތިވެރި ނިޢްމަތަކީ އިސްލާމް ދީނުގެ މަތިވެރި ނިޢްމަތް ކަމަށެވެ. އިސްލާމް ދީނަކީ މުޅި އިންސާނިއްޔަތަށް އޮތް އެންމެ މަތިވެރި ހިދާޔަތް ކަމަށާއި ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބެން އޮތް ހަމައެކަނި ގޮތަކީ އިސްލާމް ދީނުގައި ސާބިތުވެ ތިބުން ކަމަށެވެ.  

ހަމަ އެއާއިއެކު މިއަދުގެ ޚުޠުބާގައި ވެއެވެ. "މާތް ﷲ ޤައުމަކަށް އަމާންކަމާއި ތިޔާގިކަމާއި މިނިވަންކަމާއި އިއްޒަތް ދެއްވެވުމަށްފަހު އެކަންކަން އެ ޤައުމެއްގެ ކިބައިން ގެންދަވަނީ، އެ ޤައުމެއްގެ ރައްޔިތުން އެ ނިޢްމަތްތަކަށް ފުރަގަސްދީ ﷲ އަށް އުރެދުމުންނެވެ. އެ ހިނދު އަމާންކަން ބިރުވެރިކަމަށް، ތިޔާގިކަން ފަޤީރުކަމަށް، މިނިވަންކަނަ އަޅުވެތިކަމަށް، އިއްޒަތްތެރިކަން ނިކަމެތިކަމަށް، ބަދަލުވެ ހިނގައިދެއެވެ. މިއީ މާތް ﷲ ކަން ހިންގަވާ ގޮތެވެ. އަދި އެކަމުގެ ސާބިތު ހެކި ކީރިތި ޤްރްއާނުގެ އާޔަތްތަކުން ވަނީ ދައްކަވައިފައެވެ.  

ޚުޠުބާގައި މިމޭރުމުން ބަޔާންކޮށްފައިވާއިރު މިކަމުގެ ސާބިތު ހެކިތައް މަގުފުރެދިގެންދާ އިސްލާމީ ޤައުމުތަކުން މިހާރުވެސް ދަނީ ފެންނަމުންނެވެ. އިރާޤާއި ލީބިޔާ ފަދަ ޤައުމުތަކުން މިކަމުގެ ހެކިތައް މިހާރުވެސް އެހެރީ ފެންނާށެވެ. ޤައުމުގެ ބައަކު ކާފިރުންގެ މަޅީގައި ޖެހި ލާދީނީ ފިކުރުތައް ގެންގުޅެން ފެށުމުން އެ ޤައުމުތަކަށް ޖެހިފައިވާ ނިކަމެތި ހާލާއި ހައިހޫނުކަން އިތުރުވި މިންވަރު މިކަމުގެ ހެއްކަކަށް ފުދެއެވެ.  

އިސްލާމް ދީނަކީ އޯގާތެރެރިކަމުގެ ދީންކަމަށްވުމަކީ ދީނުގެ ހިމާޔަތުގައި މަސައްކަތް ކުރުމަށް އޮތް ހުރަހެއް ނޫނެވެ. އެއީ އެއީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް މަތިވެރި ވާޖިބެކެވެ. ދީނީ ޢިލްމުވެރިން ވިދާޅުވަމުން ގެނަދަވަނީ ތަޅައި އަނިޔާކުރާއިރު ބަލަން ތިބުމަކީ އޯގާތެރިވުން ނޫން ކަމަށެވެ. އޯގާތެރިވުމަކީ ކުރިމަތިލައި އެ އަނިޔާވެރިކަން ހުއްޓުވުން ކަމަށެވެ. އަދި ހަޤީޤީ އޯގާތެރިވުމަކީ ވެސް އެއީ ކަމަށެވެ.  

" މާތް ﷲ ޤައުމަކަށް އަމާންކަމާއި ތިޔާގިކަމާއި މިނިވަންކަމާއި އިއްޒަތް ދެއްވެވުމަށްފަހު އެކަންކަން އެ ޤައުމެއްގެ ކިބައިން ގެންދަވަނީ، އެ ޤައުމެއްގެ ރައްޔިތުން އެ ނިޢްމަތްތަކަށް ފުރަގަސްދީ ﷲ އަށް އުރެދުމުން" ކަމަށްވާއިރު ދިވެހިންގެ ލޭބަލް ޖަހައިގެން ތިބި މަދު ބައެއްގެ ސަބަބުން ޤައުމަށް މުޞީބާތްތައް ކުރިމަތިވާން ދޫކޮށްލުމެއް ނެތެވެ. އެމީހުންގެ އަމަލުތައް ހުއްޓުވައި އެމީހުންގެ ކިބައިން ޤައުމު ސަލާމަތް ކުރަން މަސައްކަތް ކުރުމުގެ މަތިވެރިކަން މިއަދުގެ ޚުޠުބާއިން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.

ހަމައެއާއިއެކު "ދިވެހިންނަށް ލިބިފައިވާ އެންމެ މަތިވެރި ނިޢްމަތަކީ އިސްލާމް ދީނުގެ މަތިވެރި ނިޢްމަތް ކަމަށާއި އިސްލާމް ދީނަކީ މުޅި އިންސާނިއްޔަތަށް އޮތް އެންމެ މަތިވެރި ހިދާޔަތް ކަމަށާއި ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބެން އޮތް ހަމައެކަނި ގޮތަކީ އިސްލާމް ދީނުގައި ސާބިތުވެ ތިބުން ކަމަށް" ޚުޠުބާގައި އޮތުމުން މި މަތިވެރި ނިޢްމަތްތައް ހިމާޔަތް ކުރަން ގަދައަޅައި މަސައްކަތްކުރަންޖެހޭ ވަރު ވެސް ވަރަށް ސާފެވެ. މަދު ބައެއްގެ ސަބަބުން މި މަތިވެރި ނިޢްމަތްތައް ގެއްލިގެން ދިއުމަށް ފުރުޞަތު ދީގެން ނުވާނެކަންވެސް ވަރަށް ރަނގަޅަށް މިއަދުގެ ޚުޠުބާއިން އެނގެއެވެ.

 

 

މިއަދު އޮންލައިން