ސިޔާސީ ސަބަބުތަކާއި ހުރެ ކައުންސިލަރުންނާއިމެދު ފިޔަވަޅު އެޅުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިޚް އިމްރާން މިމޭރުމުން ވިދާޅުވެފައިވަނީ ކައުންސިލަރުންނާއިމެދު އަޅާފައިވާ ނުޙައްޤު ފިޔަވަޅުތައް މުރާޖާ ކުރައްވަން މިހާރު ފަށްޓަވާފައިވާ ކަން ހާމަކުރައްވައި ކުރެއްވި ޓްވީޓުގައެވެ.
"އިން ޝާ ﷲ ދާދި އަވަހަށް އެ މަސައްކަތްތައް ނިމި، އިންޞާފް ޤާއިމުވެގެންދާނެ" ކަމަށްވެސް ޝައިޚް އިމްރާން ވަނީ ވިދާޅުވެފައެވެ.