ހިންމަފުށި ޕޮލިސް ސްޓޭޝަނުން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ހިންމަފުށީގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ މައުލޫމާތު ލިބުމާ އެކު، ޖަނަވަރީ 28 ވަނަ ދުވަހުގެ ރޭ 20:27 ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރީ 25 އަހަރުގެ ފިރިހެނެކެވެ.
ހިންމަފުށީ މަގުމަތިން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ރަބަރު ޕެކެޓު ފެނިފައެވެ.
މީގެއިތުރުން ހިންމަފުށީގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ޖަނަވަރީ 28 ވަނަ ދުވަހުގެ ރޭ 23:50 ހާއިރު ވެސް ހިންމަފުށީ ޕޮލިސް ސްޓޭޝަނުން އޮޕަރޭޝަނެއް ހިންގާފަވެއެވެ.
އެގޮތުން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ބިދޭސީ އެކެވެ. މިމީހާ ހައްޔަރުކޮށް މިމީހާ ދިރިއުޅޭ ތަން ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި އެއްޗެއްހުރި ތިން ރަބަރު ޕެކެޓު ފެނިފައެވެ
މި ދެ މައްސަލަ ކ. ހިންމަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.