އިސްލާމް ދީން ދޫކޮށް މުރުތައްދުވުމަކީ ބިރުހުރި ކަމެއް- މުސްލިމުންގެ ސަހަރާއެއްގަ ވަޅުވެސް ނުލެވޭނެ! ކަށުނަމާދެއް ވެސް ނުކުރެވޭނެ!: ޝައިޚް އާދަމް ނިޝާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
އިސްލާމް ދީން ދޫކޮށް މުރުތައްދުވުމަކީ ބިރުހުރި ކަމެއް- މުސްލިމުންގެ ސަހަރާއެއްގަ ވަޅުވެސް ނުލެވޭނެ! ކަށުނަމާދެއް ވެސް ނުކުރެވޭނެ!: ޝައިޚް އާދަމް ނިޝާން

އިސްލާމް ދީނުގެ ކަންކަމަށް ފުރައްސާރަކޮށް ހަޖޫ ޖަހައި ހެދުމަކީ އެމީހަކު ދީނުން ބޭރުވެގެން ހިނގައިދާނެ ކަމެކެވެ. ނަމަވެސް މިއަދު ބައެއް ޒުވާނުންނަށް، ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ އެއީ މަޖަލެއް ކަމުގައެވެ. އެއީ ގަޓް ހުރި މީހުން ކުރާ މޮޅު ކަމެއް ކަމަށެވެ. ނަމަވެސް މުސްލިމުންނެވެ ކިޔައިގެން ތިބެ މިފަދަ ކަންކަން ކުރުމުން އެކަންކަން ކުރާމީހަކު ދީނުން ބޭރުވެދާނެއެވެ. ދީނުން ބޭރުވެ މުރުތައްދުންގެ ގޮތުގައި ވެގެން ހިނގައިދާނެއެވެ.

މުރުތައްދުންގެ ޙުކުމަކީ ކާފަރުންނަށްވުރެވެސް ވަރުގަދަ ޙުކުމެކެވެ. ތަފާތު ޙުކުމެކެވެ. މުރުތައްދުވާ މީހުންގެ މައްޗަށް ދީނުގައި އެތައް ޙުކުމްތަކެއް އެބަ އޮތެވެ. އެގޮތުން 3 ދުވަހު ތައުބާ ލައިދީ އެކަން ޤަބޫލު ނުކޮށްފިނަމަ އޮތީ------ (ވަރަށް ނުރައްކާތެރި ޙުކުމެކެވެ.) އެމީހެއްގެ އަންތބަކުހުރެއްޖެނަމަ ކައިވެނި ފަސްޚް ކުރެވޭނެއެވެ. އެމީހެއްގެ މުދައު ދަރިންނަށް ވާރުތައެއް ނުވާނެއެވެ. އަދި ދަރިންގެ މުދައު ވެސް އެމީހަކަށް ވާރުތައެއް ނުވާނެއެވެ. މުސްލިމުންގެ ޤަބްރުސްތާނެއްގައި އޭނާ ވަޅެއް ނުލެވޭނެއެވެ. އޭނާގެ މައްޗަށް ކަށުނަމާދެއް ނުކުރެވޭނެއެވެ. ނަރަކައިގައި އަބަދުގެ އަބަދަށް އެމީހަކު އޮންނާނެއެވެ.

އިސްލާމް ދީން ދޫކޮށް މުރުތައްދުވުމަކީ މިހައި ބިރުބޮޑު ކަމެކެވެ. އެއީ ކޮށްލެވޭ ވަރަށް އާދައިގެ ކަމެއް ކަމަށް ދެކެ ގިނަ ބައަކު އިސްލާމް ދީނަށް ފުރައްސާރަކުރަނީ މިކުރެވެނީ ކިހައިވަރެއްގެކަމެއްކަން ނުއެނގި ތިބެއެވެ. ހަމަ ކަމެއް ކޮށްލުމުގެ ބޭނުމުގައިވެސް ކޮށްލަނީއެވެ. ވީމާ މިކަމަށް އެންމެންވެސް ޚާއްޞަ ސަމާލުކަމެއް ދީ މިފަދަ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ނަޞޭޙަތްތެރިވަމެވެ.

--ޝައިޚް އާދަމް ނިޝާން ގެ ދަރުސަކުން

 

މިއަދު އޮންލައިން