ކޮމިޝަނުގެ ލޯގޯ އާ ކުލަ އިފްތިތާޙްކުރަން އެއްވެސް ޚަރަދެއް ނުކުރަން: އިލެކްޝަންސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ކޮމިޝަނުގެ ލޯގޯ އާ ކުލަ އިފްތިތާޙްކުރަން އެއްވެސް ޚަރަދެއް ނުކުރަން: އިލެކްޝަންސް

އިލެކްޝަންސް ކޮމިޝަނުން ރޭ އިފްތިތާޙް ކުރި ލޯގޯ އާއި ކުލަ އިފްތިތާހް ކުރަން އެއްވެސް ޚަރަދެއް ކޮށްފައި ނުވާނެ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ކޮމިޝަނުގެ ނައިބް ރައީސް އަކްރަމް ވިދާޅުވީ ބޮޑެތި އިންތިޚާބްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ކޮންމެ ފަހަރަކުވެސް ޢާންމުކޮށް ހުޅުވައިލަނީ ބައްދަލުވުމެއް ބާއްވައި އެ ބައްދަލުވުމުގައި ކަމަށެވެ. އެހެންކަމުން ރޭ ބޭއްވި ބައްދަލުވުމަކީ ޢާންމު އިންތިޚާބަށް ކުރިލުމުގެ ފުރުޞަތު ހުޅުވައިލުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ

"އެ ބައްދަލުވުމުގެ ތެރެއިން އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނުގެ އައު ލޯގޯ އާއި ކުލަ އިފްތިތާހް ކުރީ. ވީމާ އެކަން ކުރަން ބަޖެޓުން އެއްވެސް ފައިސާއެއް ކަރަދުކުރެފައެއް ނުވާނެ." ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ ހޮޓެލް ޖެންގައި ބައްދަލުވުމެއް ބޭއްވުމެއް ބޭއްވުމުން ބަޖެޓުގެ ދަތިކަން މިހައި ބޮޑު ދުވަސްވަރެއްގައި އެހައި ބޮޑު ޚަރަދެއް ކުރުމުން ބައެއް ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

 

މިއަދު އޮންލައިން