ދީނާ ދިވެހިންގެ ސަލާމަތާ ރައްކައުތެރިކަން ކަށަވަރުކުރުމަށް ވާން ޖެހުނު ކޮންމެ ޤްރްބާނީއެއް، އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނަން!: ޝައިޚް އިމްރާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ދީނާ ދިވެހިންގެ ސަލާމަތާ ރައްކައުތެރިކަން ކަށަވަރުކުރުމަށް ވާން ޖެހުނު ކޮންމެ ޤްރްބާނީއެއް، އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނަން!: ޝައިޚް އިމްރާން

އިސްލާމް ދީނާއި ދިވެހި ޤައުމުގެ ޙިމާޔަތުގައި ދިވެހިންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް ވާން ޖެހުނު ކޮންމެ ޤްރްބާނީއެއް ވާނެ ކަމަށާއި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް މާތް ﷲ ވާގިފުޅާއިއެކު އަޅުއްވާނެ ކަމަށް އަދާލަތުޕާޓީގެ ރައީސް، ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު 12.45 ގައި ޝައިޚް އިމްރާން ޢަބްދުﷲ ކުރައްވާފައިވާ ޓްވީޓާއި ގުޅިގެން ޝައިޚް އިމްރާން މިއަދުނޫހަށް ވިދާޅުވީ މިފަދަ ޓްވީޓެއް ކުރެއްވީ ޤައުމުގެ މިހާރުގެ ހާލަތަށް ބައްލަވައި މިފަދަ ބަސްފުޅެއް ވިދާޅުވަން ޖެހިވަޑައިގަތުމުން ކަމަށެވެ. އިތުރު ތަފްޞީލެއް ނުދެއްވައެވެ.

ޝައިޚް އިމްރާން މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ކާކުކަން ނުއަނގައި ސިއްރުވެގެން ތިބެ ބަސް ބުނާ މީހުންގެ އިތުރުން ބައެއް "އިސް" މީހުންގެ ކިބައިން ފެންނަމުންދާ ޢަމަލުތަކާއިމެދު ރައްޔިތުންގެ ގިނަ ބައަކު ވަރަށް ގިނަ ސުވާލުތައް އުފައްދަމުން ގެންދާ ވަގުތެއްގައެވެ. ސަރުކާރުގެ އެތެރެއާއި ބޭރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެވަޑައިގެންފައިވާ ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

https://twitter.com/ShimranAb/status/1090153848952385537

މިއަދު އޮންލައިން