އިންކަމް ޓެކްސް ނަގާނީ އާމްދަނީގެ ގޮތުގައި މަހަކު 60،000 ރުފިޔާ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން ކަމަށް އެމްޑީޕީއިން ބުނެފިއެވެ.
އެމްޑީޕީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ހާއްސަ ކަރުދާހުގެ "ފަރުދުންގެ އާމްދަނީ ޓެކްސް" އުސޫލުގައި ބުނެފައިވަނީ މަހަކަށް 60،000-100،000ރ. އާ ދެމެދުގެ އާމްދަނީއެއް ލިބޭނަމަ އިންކަމް ޓެކްސްގެ ގޮތުގައި އެ އާމްދަނީގެ 3.5 ޕަސެންޓް ދައްކަން ޖެހޭނެ ކަމަށާއި މަހަކަށް 100،000-150،000ރ. އާ ދެމެދުގެ އާމްދަނީ ލިބޭނަމަ އިންކަމް ޓެކްސްގެ ގޮތުގައި މަހަކަށް 6.5 ޕަސެންޓް ދައްކަން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން 150،000-200،000ރ. އާ ދެމެދުގެ އާމްދަނީއެއް ލިބޭނަމަ 10 ޕަސެންޓު ނެގުމާއި އެ އަށް ވުރެ މަތިން އާމްދަނީ ލިބޭނަމަ 15 ޕަސެންޓް ނެގުމަށްވެސް އެމްޑީޕީގެ އުސޫލުގައި ބުނެފައި ވެއެވެ.
އާމްދަނީން އިންކަމް ޓެކްސް ނެގުމަކީ ރާއްޖޭގައި އަލަށް ތައާރަފްކުރައް އުޅޭ ޓެކުހެކެވެ. އަދި މީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.