މިހާރަކަށް އައިސް އެންމެ މޮޅުވުމަށް ކޮންމެ މީހަކުވެސް ބޭނުންވެއެވެ. އަންހެނެއް ނަމަވެސް އަދި ފިރިހެނެއް ނަމަވެސް މެއެވެ. އެއީ އިންސާނީ ޠަބީއަތެވެ.
އެހެންކަމުން އިމާމް އަޙްމަދު ބަޔާންކުރައްވާފައިވާ ޞަޙީޙް ޙަދީޘްފުޅެއްގައިވާ ގޮތުގައި އެންމެ ރަނގަޅު އަންހެނަކީ، އޭނައާއި ދިމާއަށް އޭނަގެ ފިރިމީހާ ބަލައިލުމުން ފިރިމީހާއަށް އުފާވެރިކަން އިޙްޞާސްވާ، ފިރިމީހާ އަމުރެއް ކޮށްފިނަމަ ކިޔަމަންތެރިވާ، ފިރިމީހާ ހިތްހަމަ ނުޖެހޭ ކަމެއް ނުކުރާ، އަދި، ފިރިމީހާގެ މުދަލަށް ރައްކާތެރިވާ އަންހެނާއެވެ.
މިހެން އޮތުމުން މިއީ ހަމައެކަނި އަންހެނާގެ ކިބައިގައި ހުންނަން ޖެހޭ ހުރިހާ ސިފަތައް ކަމަށް ބަލައިގެން ނުވާނެއެވެ. މިއީ ދިރިއުޅުމުގައި ހުންނަން ޖެހޭ ސިފަތަކެވެ. ﷲ ތަޢާލާ އަށް ކިޔަމަން ގަތުމާއި އަޅުކަން ކުރުމަކީ ތަފާތު، އަދި މިކަންކަމުގެ އިތުރުން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.