ވަރަށް ފަޤީރު އެއަވަށުގެ މީހުންނަށް ނަމާދު ނުކުރާ މުސްލިމުން އުޅޭކަން ނުވެސް ނޭނގޭ! - އަޅެ އަހަރެމެން ލަދުގަންނާކަށް ނުޖެހޭތަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ވަރަށް ފަޤީރު އެއަވަށުގެ މީހުންނަށް ނަމާދު ނުކުރާ މުސްލިމުން އުޅޭކަން ނުވެސް ނޭނގޭ! - އަޅެ އަހަރެމެން ލަދުގަންނާކަށް ނުޖެހޭތަ؟: މުފްތީ މެންކް

އަހަރެން ނައިޖީރިއާއަށް ކުރި ދަތުރެއްގައި ދެވުނު ވަރަށް ފަޤީރު އަވަށެއްގައި ފަތިސް ނަމާދުކުރާ މީހުންގެ އަދަދު ފެނިފައި ގިނަ ކަމުން ކަޅިހުއްޓުނެވެ. އަވަށުގެ އެންމެންހެން ފަތިސް ނަމާދު ކުރެއެވެ. 

އަހަރެން ހިތަށް އެރިއެވެ. "މާތް ﷲ މިހައި ނިކަމެތި ފަޤީރުންގެ ގޮތުގައި ލެއްވެވުމުންވެސް އެމީހުން ނަމާދުކުރުމަށް ދޭ ސަމާލުކަން ނިކަން ދެކިބަލާށެވެ. ފަތިސް ނަމާދަށް އެހޭލަނީ އަވަށުގެ އެންމެން އެކުގައި ހެންނެވެ. "އަހަރެމެންނަށް" ތަނަވަސްކަމާއި މިހައި ގިނަ ނިޢްމަތްތައް ދެއްވެވުމުން ވެސް އަހަރެމެން މިތިބެނީ ފަތިސް ނަމާދު ނުކޮށް ނިދާށެވެ. 

އެމީހުން ގާތު ކަލޭމެން އެންމެންވެސް ހުރިހާ ނަމާދެއް ކުރަމުތޯ ސުވާލުކރުމުން އެ ސުވާލު އަނބުރައި ކުރީ އަހަރެންނާއިއެވެ. "ނަމާދު ނުކުރާ މުސްލިމުންވެސް އުޅޭ ހެއްޔެވެ؟" ނިކަން ވިސްނައިބަލާށެވެ. ނަމާދު ނުކުރާ މުސްލިމުން އުޅޭކަން އެމީހުންނަށް ނުވެސް އެނގެނީއެވެ.  

ދުނިޔަވީ ނިޢްމަތްތައް ﷲ ތަޢާލާ ހުއްދަ ކުރެއްވެވި މިނުގެ ތެރެއިން ލިބިގަތުމަކީ ކުށެއް ނޫނެވެ. ލިބިގަންނާށެވެ. ނަމަވެސް އެ ނިޢްމަތްތަކަކީ ﷲ ތަޢާލާ އާއި ތިބާ އާއި ދެމެދުގައި (ކުރަންޖެހޭ އަޅުކަން ކުރުމާއި ދެމެދު) އޮތް ހުރަހަކަށް ހަދައިގެން ނުވާނެއެވެ. 

އަހަރެމެން ވާދަ މިކުރަނީ ދުނިޔަވީ ކަންކަމުގައެވެ. އެމީހުން ވާދަ އެކުރަނީ އަޅުކަން ކުރުމުގައެވެ. ހަޤީޤަތަކީ އަޅުކަން ކުރުމުގައި ވާދަކުރަން ޖެހޭނެ ކަމެވެ. ވީއިރު ހުރިހާ ނިޢްމަތްތަކެއް ލިބިގެން ތިބި "އަހަރެމެން" އެންމެން އެ ފަޤީރު އަވަށުގެ މީހުންގެ ކިބައިން ޢިބްރަތް ޙާޞިލުކުރަން ނުޖެހޭ ހެއްޔެވެ؟ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން