ވަރިވެގެން ތިބޭ ހުރިހާ އަންހެނުން ކުށްވެރި ނުކުރޭ- ކައިވެނި ނުކުރާ އަންހެނުންނަށްވުރެ މާރަނގަޅަށް އުޅޭ އަންހެނުން ވެސް އެބަތިބި!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ވަރިވެގެން ތިބޭ ހުރިހާ އަންހެނުން ކުށްވެރި ނުކުރޭ- ކައިވެނި ނުކުރާ އަންހެނުންނަށްވުރެ މާރަނގަޅަށް އުޅޭ އަންހެނުން ވެސް އެބަތިބި!: މުފްތީ މެންކް

ވަރިވެގެން ތިބޭ އަންހެނުން ކުށްވެރިކޮށް އެމީހުންނަކީ އެކަނބަލުންނަކީ ރަނގަޅަށް އުޅޭ ބައެއް ނޫން ކަމަށް، ނުވަތަ އެއީ ރަނގަޅު ނޫން ބައެއް ކަމަށް ބުނެ އެކަނބަލުން ކުށްވެރިކޮށް ވާހަކަތައް ދައްކާ އަޑު އިވއެވެ. ނަމަވެސް އެއީ ކުރަން ރަނގަޅު ކަމެއް ނޫނެވެ.

ހަމަ ތެދު ހަޤީޤަތަށް ބުނަމެވެ. ވަރިވެގެން ތިބޭ ބައެއް އަންހެނުން ދިރިއުޅެނީ ކައިވެނި ނުކުރާ އަންހެނުންނަށްވުރެވެސް މާރަނގަޅަށެވެ. އެފަދަ އެތައް މިސާލުތަކެއް އަހަރެންގެ ލޮލަށް ވަނީ ފެނިފައެވެ.

ކައިވެނީގެ ހަޔާތުގައި ދިމާވާ ގޮތުން ފުރަތަމަ ކައިވެނި ރޫޅި، ދެވަނަ ކައިވެނިވެސް ރޫޅި 3 ވަނަ ކައިވެނިމަތީގައި ވަރަށް ފުރިހަމައަށް ދިރިއުޅެމުންދާ އަންހެނުން ވެސް ވަރަށް ގިނައެވެ. ވީމާ ކައިވެނި ރޫޅި އެކަނިވެރި ދިރިއުޅުމެއް އުޅޭ ކޮންމެ އަންހެނަކީ ގޯސް ދިރިއުޅުމެއް އުޅޭ ނުވަތަ ގޯސް އަންހެނެއް ކަމަށް ހަދައި އެކަނބަލުން ބަދުނާމް ނުކުރާށެވެ.

ކަންބޮޑުވެ ދައްކަން ޖެހޭނީ ގޯސްކޮށް އުޅޭ ބައެއްގެ ވާހަކަތަކެވެ. މީހަކު ގޯސްކޮށް އުޅޭ ނަމައެވެ. އެއީ ވަރިވެގެން އިން އަންހެނެއް ނަމަވެސް އަދި ކައިވެނި ނުކޮށް އިން އަންހެނެއް ނަމަވެސް ގޯސްކޮށް އުޅޭނަމަ އެއުޅެނީ ރަނގަޅަކަށް ނޫނެވެ. ވީމާ ކޮންމެހެން ވަރިވެގެން އިނުމަކީ އެ އަންހެނަކަށް އިނގިލި ދިއްކުރަން ޖެހެންވީ ސަބަބެއް ނޫނެވެ. އަދި ކައިވެނި ނުކޮށް ހުރެ ނަމަވެސް ގޯސްކޮށް އުޅޭނަމަ އިނގިލި ދިއްނުކުރަންޖެހޭ ސަބަބެއްވެސް ނެތެވެ.

ކައިވެނި ދެމެހެއްޓުމުގެ އެންމެ ބޮޑު ބާރު އޮތީ ފިރިހެނުންނަށެވެ. އެކަމަށް ފިރިހެނުން ސަމާލުކަން ދިނީމާ ވަރިވެ އެކަނިވެރިވާ އަންހެނުންގެ އަދަދު މަދުވާނެއެވެ. ކައިވެނި ހިމާޔަތްކޮށް ދެމެހެއްޓުމުގެ މަސްއޫލިއްޔަތު އެންމެ ބޮޑަށް އުފުލަން ޖެހޭނީ ފިރިހެނުންނަށެވެ. އެހެންކަމާއިއެކުވެސް އެކަން ކުރެވޭނީ އަނބިން ވެސް އެކަމަށް އެއްބާރުލުން ދީގެންނެވެ. އަނބިންގެ ވާޖިބާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެންނެވެ. އިސްލާމް ދީނުގައި ބަޔާންވެގެންވާ މަގުން އަމަލުތައް ބަހައްޓައިގެންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން