ޝައިޚް އާދަމް ނިޝާންގެ ދަރުސްތަކެއް ނ.ވެލިދޫ އާއި ނ.ކެނދިކުޅުދޫގައި މިއަދާއި މާދަމާ ކުރިއަށް ގެންދަވާނެއެވެ.
މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެ މަޣްރިބް ނަމާދަށްފަހު ކެނދިކުޅުދޫ މަސްޖިދުއްނަޖާތުގައި ދަރުސް ދެއްވަވާނެއެވެ. އަދި ޢިޝާ ނަމާދަށްފަހު ބައިވެރިވެފައިވާ ފަރާތްތަކަށް ވޯކްޝޮޕެއް ކުރިއަށް ގެންދަވާނެއެވެ.
ވެލިދޫ މަސްޖިދުއްޢަދާލާގައި މާދަމާގެ ހުކުރު ނަމާދު އިމާމްވެ ކުރައްވާނީ ޝައިޚް އާދަމް ނިޝާން އެވެ. ޢަޞްރު ނަމާދަށްފަހު ހަމަ އެ މިސްކިތުގައި ދަރުސެއް ދެއްވާނެއެވެ. އަދި މަޣްރިބް ނަމާދަށްފަހު މަސްޖިދުއް ތަޤްވާގައި އަދި ރޭގަނޑު 8.30 ގައި އުޚުތުންނަށް ޚާއްޞަ ދަރުސެއް ނަހްޒާ ޤްރްއާން ކްލާހުގައި ކުރިއަށް ގެންދަވާނެއެވެ.