ދިވެހި ބަހަށް "ﷲ" މިއިސްމުފުޅު ނެގިފައިވުމާއި، އިނގިރޭސި ބަހަށް ނެގިފައި ނުވާ ސަބަބަށް ވިސްނާއިރު، ދިވެހިންނަކީ 100 ޕަސެންޓު އިސްލާމް ބައަކަށްވުމާއި ﷲ ގެ އިސްމުފުޅު އެގޮތަށް ދިވެހިބަހަށް ނެގިޔަސް ކިޔަން ނޭނގިގެން އުޅޭ ބައަކު ނުއުޅޭނެ ކަމަށާއި އިނގިރޭސިން ވާހަކަ ދައްކާ އޯޑިއަންސް މިއާއި ޚިލާފު ކަމަށް ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިޚް ޝަފީޢު މިމޭރުމުން ވިދާޅުވެފައި މިވަނީ ﷲ ގެ އިސްމްފުޅު އިނގިރޭސި ބަހުގައި އިނގިރޭސި އަކުރުން ލިޔަން ބޭނުންކުރާއިރު ދިވެހިން، ތާނައަކުރުން ނުލިޔަންވީ ސަބަބާއިމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ގެންދާ ވަގުތެއްގައެވެ.
ރާއްޖެއަކީ ލިޔަން ކިޔަން ދަތުމުގައި ދުނިޔޭގެ ފެންވަރުގައި މަތީ ވަނައެއް ލިބޭ ޤައުމެކެވެ. ތާނަ ކިޔަން ދަންނަ އެންމެންނަށްވެސް ﷲ ކިޔަން އެނގޭނެއެވެ. ނަމަވެސް އިނގިރޭސިބަހުން ވާހަކަ ދައްކާ އެމެރިކާ، ކެނެޑާ، އޮސްޓްރޭލިޔާ އަދި އިނގިރޭސިވިލާތުގައި "ﷲ" ލިޔެފިނަމަ ކިޔަން ނުއެނގޭ ގިނަ ބައަކު ތިބޭނެއެވެ.
މާތް ﷲގެ ވާގިފުޅާއިއެކު ތާނަ ލިޔަން ހަދާފައިވާ ހުރިހާ ފޮންޓެއް ވެސް ފަރުމާކޮށްފައިވަނީ "ﷲ" ލިޔެވޭ ގޮތަށެވެ. ވީމާ ލިޔުމުގައި އެއްވެސް ދަތިކަމެއް ނެތެވެ.
"ދިވެހި ބަހަށް "ﷲ" މިއިސްމުފުޅު ނެގިފައިވުމާއި، އިނގިރޭސި ބަހަށް ނެގިފައި ނުވާ ސަބަބަށް ވިސްނާއިރު، ދިވެހިންނަކީ 100 ޕަސެންޓު އިސްލާމް ޤައުމެއް. ﷲ ގެ އިސްމުފުޅު އެގޮތަށް ދިވެހިބަހަށް ނެގިޔަސް ކިޔަން ނޭނގިގެން އުޅޭ ބައެއް ނޫޅޭނެ. އިނގިރޭސިން ވާހަކަ ދައްކާ އޯޑިއަންސް މިއާ ޚިލާފު"
https://twitter.com/shafeeu26/status/1090840400615612421
