ސައިލެންސަރުގަ ޖެހި ތަންފުކެއް ފިހުމުން އަޅާ ވޭން އިޙްޞާޞް ކުރެވޭއިރު މުޅި ހަށިގަނޑު ނަރަކައިގަ އަނދަމުންދާއިރު އަޅާނެ ވޭނަށް ބިރުވެތިވޭ!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ސައިލެންސަރުގަ ޖެހި ތަންފުކެއް ފިހުމުން އަޅާ ވޭން އިޙްޞާޞް ކުރެވޭއިރު މުޅި ހަށިގަނޑު ނަރަކައިގަ އަނދަމުންދާއިރު އަޅާނެ ވޭނަށް ބިރުވެތިވޭ!: ޝައިޚް ޢަލީ ޒައިދު

ސައިކަލުގެ ސައިލެންސަރުގައި ފައިޖެހި ތަންފުކެއް ފިހުމުން އަޅާ ވޭން އިޙްޞާޞް ކުރެވޭއިރު މުޅި ހަށިގަނޑު ނަރަކައިގައި އަނދަމުންދާއިރު އަޅާނެ ވޭނަށް ބިރުވެތިވުމަށް ޝައިޚް ޢަލީ ޒައިދު އިލްތިމާސް ކުރައްވައިފިއެވެ. 

ޝައިޚް ޢަލީ ޒައިދު ވަނީ ދުނިޔޭގައި މިގެންގުޅޭ އަލިފާނަކީ ނަރަކައިގެ އަލިފާނުގެ ހޫނުމިނަށް ބަލާއިރު 70 އިންސައްތައިން އެންމެ އިންސައްތައެއްކަން ފާހަގަ ކުރައްވައި ނަރަކައިގެ އަލިފާނުގެ ހޫނުމިން ދުނިޔޭގައި ގެންގުޅޭ އަލިފާނަށްވުރެ އެތައް ގުނައަކަށް އިތުރުވާނެކަން ފާހަގަކުރައްވައިފައެވެ. 

"ސައިކަލްގަ ފައި ޖެހި ފައިން ތަންކޮޅެއް ފިހިއްޖެ. ސުބްޙާނަﷲ! މިވަރުގެ ކުޑަކުޑަ ތަންފުކެއް ފިހުނީމަވެސް މީގަ ހުރި ވޭން މީގަ ހުރި ތަދާ ވޭން ވަރަށް ބޮޑު. ދެން ވިސްނަވާ ނަރަކައިގެ އަލިފާން ދުނިޔޭގެ ހޫނަށްވުރެ އެތައް އެތައް ގުނައެއް އިތުރު. ޔާރައްބް!  އަޅަމެން ނަރަކައިގެ އަލިފާނުން ސަލާމަތް ކުރައްވާށި! އާމީން."

މިއަދު އޮންލައިން