ގެއިން ތަކެތި ގަންނަން ލިސްޓެއް ދީފިނަމަ ކޮންމެ ގޮތަކުން ނަމަވެސް އެ ލިސްޓަށް ތަކެތި ގަނެ ހަމަކުރަމުއެވެ. ޖީބުގައި ނުވަތަ ކާޑުގައި ފައިސާ ހުރި ނަމަ އަގަކަށްވެސް ނުބަލަމުއެވެ. ހަމައެޢާއިއެކު އަންހެންވެރިން ބާޒާރުކުރަން ނުކުންނައިރު ގެންދާ ލިސްޓަށް މުޅި ރަށުގައި ހިނގައިގެންވެސް ތަކެތި ހަމަކުރެއެވެ.
މިލިސްޓަށް ބައްލަވައިލައްވާށެވެ!

މިލިސްޓަކީ މާބޮޑު އުނދަގުލަކާ ނުލައި ކުޑަ ކަމަކުން ބޮޑުވެގެންވާ ޘަވާބު ލިބިދާނެ ކަންތައްތަކާއިމެދު މީހަކު ކުރި ސުވާލަކަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބެވެ. މި ލިސްޓް "ޝޮޕިންގލިސްޓެއް"ގެ ގޮތުގައި ސިފަކުރީ މި ލިސްޓުގައިވާ "މުދައު، ގަނެގެން، ހިފައިގެން" ކައްވަޅަށް ދެވިއްޖެ ނަމަ މި "މުދައު"ތަކުގެ ފައިދާ ކުރާނެ މިންވަރު ހަމަ ބޮޑުވާނެ ކަމަށް އުންމީދުކުރެވޭ މިންވަރު ބޮޑުކަމުންނެވެ.
ގެއިން ދޭ ޝޮޕިންލިސްޓަށް ތަކެތި ގަންނަން ފައިސާ ޚަރަދުކުރަން ޖެހެއެވެ. ނަމަވެސް މިލިސްޓުގައިވާ "މުދައު" ޖަމާކުރަން ހަމަ އެންމެ ލާރިއެއްވެސް ޚަރަދުކުރާކަށް ނުޖެހޭނެއެވެ. ކޮށްލަން ޖެހޭނީ ހަމަ ކުޑަކުޑަ ހިތްވަރެކެވެ!
އަދި އެނގޭ ހެއްޔެވެ! މިލިސްޓަށް އަމަލުކުރާ މީހަކަށް ގެއިން ހަމަކުރަންދޭ ލިސްޓަށް ތަކެތި ހަމަކުރަން ފަސޭހަވާނެއެވެ. އެހެނީ އެމީހަކަށް މިދުނިޔޭގައި ވެސް ﷲ ތަޢާލާގެ ރަހްމަތްފުޅު އޮހެމުންދާނެއެވެ. ރިޒްޤް ތަނަވަސްވާނެއެވެ! ތަކްލީފްތައް ލުއިކުރައްވަވާނެއެވެ!
(މިލިޔުމުގައި ހިމެނޭ ލިސްޓް ޝޮޕިނގ ލިސްޓެއްގެ ގޮތުގައި ސިފަކުރީ ޝައިޚް ޢަލީ ޒައިދުގެ ލަފާފުޅާއި އެކުގައެވެ.)