މީހާގެ ކަންކަން ރަނގަޅަށް ނުބަލައި ރަހްމަތްތެރިއެއްގެ ދަރަޖަ ދިނުމަކީ ހަމަ ނަރަކައަށް ވެސް ދާން ޖެހިދާނެ ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
މީހާގެ ކަންކަން ރަނގަޅަށް ނުބަލައި ރަހްމަތްތެރިއެއްގެ ދަރަޖަ ދިނުމަކީ ހަމަ ނަރަކައަށް ވެސް ދާން ޖެހިދާނެ ކަމެއް!: މުފްތީ މެންކް

މީހުންގެ ބޭރުފުށަށް ބަލައި ރަޙްމަތްތެރިއެއްގެ ދަރަޖަ ނުދޭށެވެ. އެއީ ވަރަށ ނުރައްކައުތެރި ހާލަތެއް މެދުވެރިވެދާނެ ކަމެކެވެ. އެހެންވީމާ ރަޙްމަތް ތެރިއެއްގެ ދަރަޖަ ދޭންވާނީ އެމީހާގެ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ބެލުމަށްފަހުގައެވެ. 

ޚިޔާރު ކުރެވޭ ރަޙްމަތްތެރިންގެ ސަބަބުން މަގު އޮޅި މަގުފުރެދި ހަލާކުގެ ތެރެއަށް ވެއްޓެނީ މަދު ބައެއް ނޫނެވެ. ގިނަ ފަހަރު އެފަދަ މީހުންގެ ސަބަބުން މިވެއްޓެވުނީ އަނދަވަޅަކަށްކަން އެނގެނީވެސް އެ އަނދަވަޅުން އަރައި ނުގަނެވޭނެ ހާލަތަށް ކަންކަން ގެންދުވާފަހުންނެވެ. 

ބައެއް މީހުން ކުއްލިއަކަށް ތިބާގެ ވިސްނުން ބަދަލުކުރާކަށް ނުބުނާނެއެވެ. ވިސްނުން ބަދަލުކުރުވާނީ މަދުމަދުން ޑޯޒް ދެމުން ގޮހެވެ. ތިބާއަށް ވާނުވާވެސް ނުއެނގޭފަދަ ގޮތަކަށެވެ. 

ގުޅެވޭ މީހުންގެ ތެރެއިން އެންމެ ނުރައްކާތެރި ބައަކީ ތިބާ އާއި އިސްލާމް ދީނާއި ދުރުކުރުވައިފާނެ މީހުންނެވެ. އެފަދަ މީހުންގެ މަޅިއެއްގައި ޖެހެވިއްޖެ ނަމަ ހަމަ ދެދުނިޔެ ގެއްލިގެން ހިނގައިދާނެއެވެ. ނަރަކައިގެ ދަރުގަނޑަކަށް ހަމަ ތިބާވެސް ވެގެން ހިނގައިދާނެއެވެ. ވީމާ ރަޙްމަތްތެރިއެއްގެ މަޤާމަށް މީހަކު ގެނައުމުގެ ކުރިން މިފަދަ ހުރިހާ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެ އެވެ. 

- މުފްތީ މެންކްގެ ބަސްކޮޅެއް

މިއަދު އޮންލައިން