ދަރިންގެ ތައުލީމަށްޓަކާ މައިންބަފައިން ވާ ޤްރްބާނީ އާ ދައުލަތުގެ ބަޖެޓުން ކުރާ ބޮޑު ހޭދައިންވެސް ޢަޤީދާ ހޯދައެއް ނުދެވުނު: އިމާމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ދަރިންގެ ތައުލީމަށްޓަކާ މައިންބަފައިން ވާ ޤްރްބާނީ އާ ދައުލަތުގެ ބަޖެޓުން ކުރާ ބޮޑު ހޭދައިންވެސް ޢަޤީދާ ހޯދައެއް ނުދެވުނު: އިމާމް

ދަރިންގެ ތައުލީމަށްޓަކައި މައިން ބަފައިން ދަނީ ވަރަށް ބޮޑެތި ޤްރްބާނީ ތަކެއް ވަމުން ކަމަށާއި ބޮޑެތި ހޭދަތައް ވެސް ކުރަމުން ކަމަށާއި އަދި ދައުލަތުންވެސް ގިނަ މަސައްކަތްތަކެއްކޮށް އަދި ދައުލަތުގެ ބަޖެޓުން ބޮޑެތި  ހޭދަތަކެއް ކުރަމުން ގެންދިއަ ނަމަވެސް އެދަރިންނަށް ބޭނުންވާ ޢަޤީދާ ހޯދައި ދެވިފައި ނުވާކަމަށް އިމާމް ވިދާޅުވެއްޖެއެވެ. 

މިއަދުގެ ހުކުރު ޚުޠުބާ ވިދާޅުވަމުން އިމާމް ވިދާޅުވީ ޓިޔުޝަނަށް ފޮނުވުމަށާއި ގެއަށް މުދައްރިސުން ގެނެސްގެންވެސް ދަރިންނަށް ތައުލީމް ދިނުމަށް މައިން ބަފައިން ވަރަށް ބޮޑެތި ހޭދަތަކެއް ކުރަމުން ގެންދާ ކަމަށެވެ. ހަމަ އެއާއިއެކު ދަރިންނަށް ކިޔަވައި ދިނުމަށްޓަކައި ޤާބިލު ބޭފުޅުން ސްކޫލްތަކަށް ގެނެސް ކިޔަވައިދޭ ކަމަށާއި ސްކޫލްތަކުން ބޭރުގައި ތަފާތު އިތުރު ޙަރަކާތްތައްވެސް ހިންގާ ކަމަށެވެ. އެހެންކަމާއިއެކުވެސް އިސްލާމް ދީނުގެ އެންމެ މުހިންމު އަސާސް ކަމުގައިވާ ޢަޤީދާ އާއިބެހޭ މައުލޫމާތު ކުދިންނަށް ފޯރުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި އިސްލާމީ ޢަޤީދާ އާއިބެހޭ ފުރިހަމަ މަޢުލޫމާތު ދަރިންނަށް ފޯރުކޮށްދެވިގެން މެނުވީ ހަރުދަނާ ޖީލެއް ބިނާ ނުކުރެވޭނެ ކަމަށެވެ.

އިމާމް ވިދާޅުވީ މައިންބަފައިންގެ ޤްރްބާނީ އާއި ދައުލަތުން ކުރާ ހޭދައާއަި މަސައްކަތުގެ ނަތީޖާ ނުފެނިގެން މިއުޅޭ ސަބަބަކީ ޢަޤީދާ ވަރުގަދަ ނުކުރެވުން ކަމަށާއި އެކަން ކުރުމަށް ގަދައަޅައި މަސއްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. 

އިމާމް ވިދާޅުވީ އިސްލާމީ ޞައްޙަ ޢަޤީދާ ދެނެގަތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އިސްލާމް ދީން ބިނާވެގެންވަނީ ޢަޤީދާ އާއި އަމަލުގެ މައްޗަށް ކަމަށާއި ޢަޤީދާ ޞައްހަ ނުވެ އެއްވެސް ޢަމަލެއް ޞައްޙަ ނުވާނެ ކަމަށެވެ. ޞައްޙަ ޢަޤީދާ އަކާއި ނުލައި ކުރާ އެއްވެސް އަމަލަކުން މަންފާއެއް ނުކުރާނެ ކަމަށެވެ. އެހެންކަމުން ދަރިވަރުންނަށް ޞައްޙަ ޢަޤީދާ އުނގައިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

 

 

މިއަދު އޮންލައިން