އެމީހަކަށްޓަކައި ހެޔޮ ދުޢާ ނުކުރާ ނަމަ އެއީ ޙަޤީޤީ ލޯބި ނުވެވެނީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެމީހަކަށްޓަކައި ހެޔޮ ދުޢާ ނުކުރާ ނަމަ އެއީ ޙަޤީޤީ ލޯބި ނުވެވެނީއެވެ!

"ތިބާ އެއްވެސް މީހަކު ދެކެ ޙަޤީޤީ ލޯބިވާނަމަ އެމީހަކަށްޓަކައި ހެޔޮ ދުޢާ ކުރާނެއެވެ. އެމީހަކަށްޓަކައި ހެޔޮ ދުޢާ ނުކުރާ ނަމަ އެއީ ޙަޤީޤީ ލޯބި ނުވެވެނީއެވެ."

މިއީ ވިސްނައިލުން ރަނގަޅު ކަމެކެވެ. މީހަކު ދެކެ ލޯބިވާނަމަ އެމީހަކަށްޓަކައި ހެޔޮ ދުޢާކުރުމުގެ މުހިންމުކަން މި ބަސްކޮޅުން އެނގިގެންދެއެވެ. ހެޔޮ ދުޢާ ކުރުމަކީ އެކަން ކުރަން އެއްވެސް ޚަރަދެއްވެސް ކުރަންޖެހޭ ކަމެއް ނޫނެވެ. ހަމަ އެއާއިއެކު ވިސްނައިލުން މުހިންމު އެއްކަމަކީ މީހަކަށް އެހީތެރިވުމުގެ ގޮތުން ފައިސާ ދިން ނަމަވެސް އެމީހަކު އެ ފައިސާ ބޭނުންކުރުމުން ހުސްވާނެ ކަމެވެ. ނަމަވެސް މީހަކަށްޓަކައި ހެޔޮ ދުޢާކުރުމުން އެ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރައްވަވައިފިނަމަ އެމީހެއްގެ މުޅި އުމުގައިވެސް ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. 

މިކަމުން އެނގޭ ކަމަކީ މީހަކަށް ދެވޭ 1000 ވަރަކަށް ރުފިޔާއަށްވުރެ އެމީހަކަށްޓަކައި ކުރާ ހެޔޮ ދުޢާ މާ މަތިވެރިކަމެވެ. ހާލުގައި މީހަކު ހުރިނަމަ އެމީހަކަށް އެހީތެރިވުމުގެ ގޮތުން، އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރި މިންވަރަކުން ފައިސާ ވެސް ދޭންވާނެއެވެ. އަދި ފައިސާ ދިން ނަމަވެސް އެމީހަކަށްޓަކައި ހެޔޮ ދުޢާކުރަން ވާނެއެވެ.

އަނބިން ފިރިންނަށްޓަކައި، ފިރިން އަނބިންނަށްޓަކައި، މައިން ބަފައިން ދަރިންނަށްޓަކައި، ދަރިން މައިންބަފައިންނަށްޓަކައި ވެސް ހެޔޮ ދުޢާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.    

މިއަދު އޮންލައިން