ލާދީނިއްޔަތު ވަށާލައިފި - އަކުރު މަދުކޮށް ގިނަކޮށްގެންވެސް އިންޝާ ޝައިޠާން ލިޔެ ޓްވީޓާއި ރީޓްވީޓްކޮށްގެން ވެސް މިފަތުރަނީ ލާދީނިއްޔަތު!: ޝައިޚް ޢަލީ ރިޒާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ލާދީނިއްޔަތު ވަށާލައިފި - އަކުރު މަދުކޮށް ގިނަކޮށްގެންވެސް އިންޝާ ޝައިޠާން ލިޔެ ޓްވީޓާއި ރީޓްވީޓްކޮށްގެން ވެސް މިފަތުރަނީ ލާދީނިއްޔަތު!: ޝައިޚް ޢަލީ ރިޒާ

ދުނިޔޭގައި ފަތުރަމުންދާ ލާދީނިއްޔަތު އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމައުވެސް ވަށާލައިފިއެވެ. ޓްވީޓްގައި އަކުރު މަދުކޮށް ގިނަކޮށްގެންވެސް އަދި އިންޝާ ޝައިޠާން" (އަޢޫޛްބިﷲ) ލިޔެ ޓްވީޓާއި ރީޓްވީޓްކޮށްގެން ވެސް މިފަތުރަނީ ލާދީނިއްޔަތެވެ. 

"ވަރަށް ގިނަ ގޮތްގޮތްގޮތަށް އިސްލާމް ދީނަށް ފުރައްސާރަކުރަމުން އެބަ ގެންދެއެވެ. އެއިގެ ތެރޭގައި ފުރައްސާރަކުރީމާ އެ ކުރި ފުރައްސާރަ އެހެން މީހުން މާނަކުރުންވެސް ހިމެނެއެވެ. "ބައެއް ފަހަރު ޓްވީޓުގައި ލިޔަންޖެހޭ އަކުރުތައް މަދުވީމަ، ލިޔެވުނު ވާހަކައެއް ކަމަށްވެސް އެބަ ބުނޭ! ތާއީދުކުރާ މީހުން! ނުވަތަ އެއަށް ކޮމެންޓްކުރާ މީހުން! އަނެއްބައި ފަހަރު އެއިގެ މަޤްޞަދަކީ އެއެއް ނޫނޭ މިއޭ އެބަ ބުނެވިގެންދޭ. ކޮންމެއަކަސް ނަތީޖާއަކީ އެކައްޗެއް! މާނައަކީ ﷲ ތަޢާލާގެ ޒާތުފުޅަށް، އެކަލާނގެ ރަސޫލާއަށް، ފުރައްސާރަކުރުން މިއޮތީ ދިވެހި މުޖުތަމައުގަ، ޚާއްޞަކޮށް ހުޅުވިފައި މިވާ ނަޔާ ޑިމޮކްރަސީގެ ތެރެއިން، މީގެ 10 ވަރަކަށް އަހަރުންސުރެ ކުރިންސުރެ ފެށިގެން މިއޮތީ ޢާންމުވެފަ. އިން ޝާ ﷲ ގެ ބަދަލުގަ "އިންޝާ ޝައިޠާން" (އަޢޫޛްބިﷲ) ކިޔުމުގެ ޢާންމު މާހައުލެއް މިހާރު އެގެންދަނީ ޤާއިމުކުރަމުން! މިދެންނެވި ޑިމޮކްރަސީގެ ތެރެއިން!" 

މިޙާލަތު އަހަރެމެންނަށް ގެނެސްދިނީ ހަމަ އަހަރެމެންނެވެ. ފެންނަމުން މިދަނީ އެމީހަކު ފޭއްސި އިލޮށިގަނޑެއް އެމީހެއްގެ ލޮލަށް ހެރޭނެ ކަމަށް ބުނެ އުޅޭ އުޞޫލުން ކަންކަން ހިނގަމުންދާތަނެވެ. ކޮންމެ އަކަސް މިއަދުގެ ހާލަތު ވަރަށް ގޯހެވެ. ވަރަށް ނާޒުކެވެ. އެކަންކަމާއިމެދު އަހަރެމެން ޚިޔާލުކުރަން ޖެހޭނެއެވެ. 

މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ޝައިޚް ޢަލީ ރިޒާ ދެއްވެވި ދަރުސުން

 ("އިންޝާ ޝައިޠާން" އެވެ ބުނުމުން އެބުނެވެނީ ޝައިޠާނާގެ ވާތްގާއިއެކު ކަމުގައި ވުމުން އެގޮތަށް ބުނާ މީހުން އެ ބަސް ފަތުރާ މީހުން އަމިއްލައަށް އެ އިއުތިރާފް ވަނީ އެމީހުންނަކީ ޝައިޠާނާގެ ވާގިވެރިކަމަށް އެދޭ ބައަކު ކަމެވެ.) 

ލިޔުމާއި ގުޅުންހުރި ވީޑިއޯ:

މިއަދު އޮންލައިން