ރަނގަޅު ނޫން ވާހަކައެއް ދައްކައިފިނަމަ ފިޔަވަޅު އެޅިދާނެ! ދީނީ ނަސޭޙަތް ދިނުމަށް އިތުރު ހުއްދައެއް ހޯދަން ޖެހޭ ސާކިއުލާ އުވާލައްވާ! ޝައިޚް ޝަފީޢު ޢަބްދުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ރަނގަޅު ނޫން ވާހަކައެއް ދައްކައިފިނަމަ ފިޔަވަޅު އެޅިދާނެ! ދީނީ ނަސޭޙަތް ދިނުމަށް އިތުރު ހުއްދައެއް ހޯދަން ޖެހޭ ސާކިއުލާ އުވާލައްވާ! ޝައިޚް ޝަފީޢު ޢަބްދުﷲ

ދީނީ ނަސޭޙަތް ދިނުމަށް ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން އިތުރު ހުއްދައެއް ހޯދުމަށް ނެރެފައިވާ ސާކިއުލާ އުވާލުމަށް ޝައިޚް ޝަފީޢު ޢަބްދުﷲ ގޮވާލައްވައިފިއެވެ.

ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވީ ރަނގަޅު ނޫން ވާހަކައެއް ޢިލްމުވެރިއަކު ދައްކަވައިފިނަމަ އެ ޢިލްމުވެރިއަކު އިސްލާމިކް މިނިސްޓްރީއަށް ޙާޒިރުކޮށް ސުވާލު ކުރެވިދާނެ ކަމަށާއި އަދި ފިޔަވަޅުވެސް އެޅިދާނެ ކަމަށެވެ.

"ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ އޮތް ޝެއިޚެއްގެ ހައިސިއްޔަތުން އަޅުގަނޑު އިސްލާމީ މިނިސްޓްރީއަށް ދަންނަވާލަން ބޭނުންވަނީ، އިތުރު ހުއްދައެއް ހޯދުމަށް ނެރެފައިވާ ސާކިއުލާ އުވާލުމަށް. ޝެއިޚަކު ގޯސް އެއްޗެއް ވިދާޅުވެއްޖެނަމަ، ތިޔަ މިނިސްޓްރީއަށް ހާޒިރުކުރައްވާ ސުވާލު ކުރެއްވިދާނެ. އަދި ހުއްދަ ބާޠިލުކުރާފަދަ ކަމެއް މެދުވެރިވެއްޖެނަމަ، އެކަންވެސް ކުރެއްވިދާނެ" ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެފައިވެއެވެ.

 

މިއަދު އޮންލައިން