ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު، އޯއައިސީގެ ސެކެޓްރީ ޖެނެރަލްގެ ސްޕެޝަލް އެޑްވައިޒަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ބައިނަލްއަޤްވާމީ އިސްލާމީ ފިޤްހް އެކަޑަމީއަށް ޒިޔާރަތް ކުރައްވައިފިއެވެ.
އެ އެކަޑަމީގެ ސެކްޓްރީ ޑޜ. ޢަބްދުއްސަލާމް އަބަދި ޢާއި ބަދަލުކުރައްވައި މަޝްވްރާ ކުރެއްވުމަށްފަހު ޑރ. ޝަހީމް އެ އެކަޑަމީގެ މަސައަކަތްތަކަށް ތަޢްރީފް ކުރައްވައިފައެވެ.
މަޤާމުގެ ހައިޞިއްޔަތުން ޑރ. ޝަހީމް މިހާރު ގެންދަވަނީ އިސްލާމީ އުންމަތުގައި އިސްލާމް ދީން މަތިވެރިކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނަވައިގެންނާއި އިސްލާމީ ޔުނިވަރސިޓީގެ ޝާންސެލަރު ކަމުގައި ހުންނަވައިގެން ޑރ. ޝަހީމް ވަނީ ރާއްޖޭގައި އިސްލާމް ދީން މަތިވެރި ކުރެއްވުމަށް، އިސްލާމީ ޤައުމުތަކާއި ޖަމާއަތްތަކުގެ އެހީތެރިކަން ހޯއްދަވަން ފާހަގަކޮށްލެވޭ ފަދަ މަސަސއްކަތްޕުޅުތަކެއް ކުރައްވަވައިފައެވެ.