ކިރިތި ޤްރްއާނުގެ އާޔަތަކުން ނޫނީ އެއްވެސް ވާހަކައެއް ނުބުނެ 40 އަހަރު ހޭދަކުރި އަންހެނެއްގެގެވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ކިރިތި ޤްރްއާނުގެ އާޔަތަކުން ނޫނީ އެއްވެސް ވާހަކައެއް ނުބުނެ 40 އަހަރު ހޭދަކުރި އަންހެނެއްގެގެވާހަކަ!

އަބޫ ހަނީފާގެ ދަރިވަރެއް ކަމަށްވާ ޢަބްދުﷲ އިބްން މުބާރަކް ވިދާޅުވިއެވެ. އެއްފަހަރަކު ހައްޖުން އެނބުރިވަޑައިގެންނެވި މަގުމަތީގައި އެކަނި އިން އަންހެން ބޭކަނބަލަކު ފެނިވަޑައިގެންނެވިއެވެ. އަދި އެކަނބުލޭގެ އެ އިނީ މަގު އޮޅިފައިކަން ވިސްނިވަޑައިގެން ސަލާމް ގޮވާލައްވައި ކުރެއްވި ހުރިހާ ސުވާލުތަކަށް ޖަވާބު ދިނީ ކީރިތި ޤްރްއާނުގެ އާޔަތްތަކުންނެވެ. 

އެކަނބުލޭގެ ޢަބްދުﷲ އިބްން މުބާރަކްގެ އެހީތެރިކަން ޤަބޫލުކުރުމުން ޖަމަލު މައްޗަށް އެކަނބުލޭގެ އަރުވައިގެން އެކަނބުލޭގެގެ ބައިވެރިންނާއި ހަމައަށް ގެންގޮސް ދެއްވަން ކުރެއްވި ދަތުރުގައިވެސް ކޮންމެ ވާހަކައެއްވެސް ދެއްކީ ކީރިތި ޤްރްއާނުގެ އާޔަތްތަކުން ކަމަށެވެ. ކުރެއްވި ކޮންމެ ސުވާލަކަށް ޖަވާބު ދިނީ ވެސް ހަމަ ކީރިތި ޤްރރްޢާނުގެ އާޔަތްތަކުން ކަމަށެވެ. 

މިކަމާއި ހައިރާންވެވަޑައިގެންނެވިލެއް ބޮޑުކަމުން އެކަނބުލޭގެގެ ދަރިންނާއި ބައްދަލުވެވަޑައިގަތުމުން އެކަމާއިމެދު ސުވާލުކުރެއްވުމުން ދަރިން ދެންނެވީ ފާއިތުވި 40 އަހަރު މަންމަ ކީރިތި ޤްރްއާނުގެ އާޔަތަކުން ނޫނީ އެއްވެސް ބަހެއް ނުބުނާ ކަމަށެވެ. އަމިއްލަ ދަރިންނާއިވެސް އެއްވެސް މުޢާމަލާތެއް ނުކުރާ ކަމަށެވެ. 

ނިކަން ވިސްނައިލަބަލާށެވެ. މިހިރީ އެކަނބަލުން ކީރިތި ޤްރްއާނަށް ލޯބިކުރެއްވި މިންވަރެވެ. ކުރީގެ، އެޒަމާނުގެ ބޭކަނބަލުން ކީރިތި ޤްރްއާނަށް ދެއްވި ސަމާލުކަމާއި ޤްރްއާނަށް ލޯބިކުރެއްވި މިންވަރު އެނގޭނަމަ މިއަދުގެ އަންހެނުން ލަދުވެތިވާނެ ނޫންހެއްޔެވެ؟ އުނގެނުމުގެ ދަތިކަން އެހައި ބޮޑު ޒަމާނެއްގައި އެ މިންވަރަށް ކީރިތި ޤްރްއާން އުނގެނެވޭނީ ކިހައި މިންވަރަކަށް މަސައްކަތްކޮށްގެން ހެއްޔެވެ؟ ވިސްނައިލުމުގެ މުހިންމުކަން ބޮޑުކަމާއިއެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން