މިއަދުގެ ޢަޞްރު ނަމާދަށްފަހު އިބްރާހީމީ މިސްކިތުގައި ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ތފްސީރު ކްލާސް އަދި ވިޔަފާރިވެރިންގެ މިސްކިތުގައި ޝައިޚް ޢަބްދުﷲ ސައުދާން "މަރު" މައުޟޫއަށް ދަރުސް ދެއްވާނެއެވެ.
މަޣްރިބް ނަމާދަށްފަހު ޝައިޚް ޝުޢައިބް ނާޒިމްގެ ދުރޫސުލް އީމާން ކްލާސް އޮންނާނެއެވެ. އިސްލާމީ މަރުކަޒުގައި ޝައިޚް ނަޞްރުﷲ ޢަލީ، މަސްޖިދު ޝަހީދު ޢަލީގައި ޝައިޚް އަޒްމަތު ޖަމީލް، މަސްޖިދު އިމާދުއްދީންގައި ޝައިޚް ޔޫސުފް ޙުސައިން، ވިޔަފާރިވެރިންގެ މިސްކިތުގައި ޝައިޚް ޢިއްޒުއްދީން ޢަދްނާން، ހުޅުމާލޭ މަސްޖިދު ޢަޒީޒާ މޫސާގައި ޑރ. ސައުދުﷲ ޢަލީ ދަރުސް ދެއްވާނެއެވެ.
ފަތިސް ނަމާދަށްފަހު ޠައިބާ މިސްކިތުގައި ޝައިޚް މުޙައްމަދު ލަޠީފްގެ ހަދީޘް ކްލާސް އޮންނާނެއެވެ.
ޝައިޚް އަޙްމަދު ސަމީރު ދަރުސް ދެއްވަން ގދ އަތޮޅުގައި އުޅުއްވާތީ މިރޭގެ ޢިޝާ ނަމާދަށްފަހު ފްރްޤާން މިސްކިތުގައި ދެއްވާ ދަރުސް ވަނީ ކެންސަލުކުރެވިފައެވެ.
މައްލޫމާތު: ޢަބްދުއްނާޞިރު