"އުނދަގޫތައް ފަސޭހައަށް ބަދަލުކުރައްވަވައި، ނުވާނެ ކަމަށް ބެލެވޭ ކަންކަން ވާނެ ގޮތް މެދުވެރި ކުރައްވަވަނީ ހަމައެކަނި ﷲ އެވެ. ﷲ އަށް ވަކީލުކޮށްފި މީހަކަށް އެކަލާނގެ ފުދި ވޮޑިގެންވެއެވެ."
މިއީ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދް ޤާސިމް ވިދާޅުވެފައިވާ ބަސކޮޅެކެވެ.
ތަކްލީފްތައް ޖެހުމުން މާޔޫސްވެގެން އުޅޭ މީހުންނަށް މި ބަސްފުޅުން ޝައިޚް އެވަނީ ވަރަށް ރަނގަޅު މެސެޖެއް ދެއްވަވައިފައެވެ. ﷲ ތަޢާލާ އީ އެންމެހައި ދަތި އުނދަގޫތަކުން ސަލާމަތްކޮށް ދެއްވަވާ ފަރާތް ކަމާއި ހާޞިލު ނުކުރެވޭނެ ކަމަށް ޤަބޫލުކުރާ ކަންކަން ފަސޭހަކަމާއިއެކު ޙާޞިލު ކުރެވޭނެ މަގު ފަހިކޮށް ދެއްވަވަނީ ﷲ ތަޢާލާކަން އެވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. ހަމަ އެއާއިއެކު ﷲ އަށް ވަކީލުކޮށްފި މީހަކަށް އެކަލާނގެ ފުދި ވޮޑިގެންވާކަން ޤަބޫލުކޮށް އެހެން މީހެއްގެ އެހީތެރިކަން ނުލިބިގެން ކަންބޮޑު ނުވުމަށް އެވަނީ އިރްޝާދު ދެއްވަވައިފައެވެ.
Undhagoothah faseyhayah badhalukuravva, nuvaane kamah belevey kankan vaane goh minvaru kuravvanee hama ekani Allah. Allah ah wakeelu koffi meehakah ekalaange fudhivodigen vey. #aqeedha
— Ali Zahir bin Saeed (@alizahirsaeed) February 9, 2019