ބައެއް މީހުންނަށް ހީވެފައި އޮންނަނީ މުސްކުޅިވާ ދުވަހު ބޭނުންވާނީ ބޮޑު ގެއަކާއި ތަނަވަސް ދިރިއުޅުމެއް ކަމަށެވެ. ނަމަވެސް ހަޤީޤަތުގައި ބޭނުންވާނީ މިފަދަ ދިރިއުޅުމެއް ނޫން ހެއްޔެވެ؟
ޚަބަރުގައިވާ ފޮޓޯއަށް ބައްލަވާށެވެ! ދެމަފިރިން އެތިބީ މުސްކުޅިވެފައެވެ. އަނބިމީހާއަށް ނަމާދަށް ކޮޅަށްވެސް ނުހުރެވެއެވެ. އެހާލަތުގައި ގޮނޑީގައި ބައިންދައިގެން އިމާމްވެ ނަމާދު އެކުރަނީ ފިރިމީހާއެވެ. މިއަށްވުރެ ބޭނުންވާނެ ދިރިއުޅުމަކީ ކޮބައިހެއްޔެވެ؟ ފިރިމީހާ އެ މަސައްކަތް ކުރަނީ ދެމަފިރިން އެކުގައި ސުވަރުގެ ދިއުމަށެވެ. އެއަށްވުރެ ބޮޑު އުފަލަކީ ކޮބައިހެއްޔެވެ؟
މިގޮތަށް އުފަލުގައި ދިރިއުޅުމަށް ކޮންމެހެން ފަޤީރަކަށް ނުވަތަ މުއްސަންޖަކަށްވެސް ވާކަށް ނުޖެހެއެވެ. ފަޤީރެއް ނަމަވެސް މުއްސަންޖެއް ނަމަވެސް ހަމަ މިއުފާވެރިކަމުގައި ދިރިއުޅެވިދާނެއެވެ. ބޭނުންވަނީ ﷲ ތަޢާލާއަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވުމާއި ތަޤްވާވެރިކަމެވެ.