ފުވާދު ތައުފީޤާއި އިތުރު 4 ބޭފުޅަކު މާލެ ދާއިރާތަކަށް އަމިއްލަ ގޮތުން ވާދަ ކުރައްވަން ފޯމު ހުށަހަޅުއްވައިފި

ކިޔުމަށް ހޭދަވާނީ 55ސ
ފުވާދު ތައުފީޤާއި އިތުރު 4 ބޭފުޅަކު މާލެ ދާއިރާތަކަށް އަމިއްލަ ގޮތުން ވާދަ ކުރައްވަން ފޯމު ހުށަހަޅުއްވައިފި

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީޤާއި އިތުރު ހަތަރު ބޭފުޅަކު، މިއަހަރު ބޭއްވޭ މަޖިލިސް އިންތިހާބުގައި މާލޭގެ ބައެއް ދާއިރާތަކަށް އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް މިއަދު ހެނދުނު އެކޮމިޝަނަށް ފޯމު ހުށަހަޅުއްވައިފިއެވެ.

އީސީގެ ކުރީގެ ރައީސް ކުރިމަތިލައްވާފައިވަނީ މައްޗަށްގޯޅި ދެކުނު ދާއިރާއަށެވެ.

ދެންތިބި ހަތަރު ބޭފުޅުންނަށް ބަލާއިރު، އަބްދުﷲ އަފީފު ކުރިމަތިލައްވަަފައިވަނީ ހެންވޭރު ދެކުނު ދާއިރާ އަށެވެ. އަދި ހެންވޭރު އުތުރު ދާއިރާއަށް މުހައްމަދު ދިލްޝާން އަބްދުﷲ ކުރިމަތިލައްވާފައިވާއިރު، މާފަންނު މެދު ދާއިރާއަށް ކުރިމަތިލައްވާފައިވަނީ ޑރ. އިބްރާހިމް ޝިޔާމެވެ. މީގެއިތުރުން މާފަންނު އުތުރު ދާއިރާއަށް އަހްމަދު މުސްތަފާ ކުރިމަތިލައްވާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމް ހުށަހެޅުއްވި ފަސް ބޭފުޅުން މަޖިލިސް އިންތިހާބުގައި ކެމްޕޭން ކުރައްވަނީ "މިނިވަނުން މަޖިލީހަށް" މިޝިއާރުގެ ދަށުންނެވެ. މިބޭފުޅުން މަޖިލީހަށް އިންތިހާބު ވެއްޖެނަމަ ވަކި ކަންތައްތަކަށް އަމަލުކުރުމަށް އިގުރާރުވެ މީގެކުރިން ވަނީ އެއްބަސްވުމެއްގައި ސޮއި ވެސް ކުރައްވާފަ އެެވެ.

މިއަދު އޮންލައިން