ނަމާދު ފުރިހަމައަށް ކުރާ މީހާ މަރުވުމުން ނަމާދު އެމީހާ ކައްވަޅަށް އުފުލާނެއެވެ! އެމީހަކާއެކު ކައްވަޅުގައި ވާނެއެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ނަމާދު ފުރިހަމައަށް ކުރާ މީހާ މަރުވުމުން ނަމާދު އެމީހާ ކައްވަޅަށް އުފުލާނެއެވެ! އެމީހަކާއެކު ކައްވަޅުގައި ވާނެއެވެ!: މުފްތީ މެންކް

ނަމާދު ފުރިހަމައަށް ކުރާ މީހާ މަރުވުމުން އެމީހާ ކައްވަޅަށް އުފުލާނެއެވެ. އަދި އެމީހަކާއިއެކު ކައްވަޅުގައިވާނެއެވެ. އަދި ކައްވަޅުގައި އެމީހަކަށް ކުރިމަތިވާ މުޞީބާތްތަކާއި ކައްވަޅުގެ ޢަޛާބުން އެމީހަކު ސަލާމަތް ކޮށްދޭނެއެވެ. ކަށިޖަހަން އަންނަ ނިގުލަންދާށިތަކާއި ވިހަލާން އަންނަ ބޮޑެތި ހަރުފަތަކުން ވެސް ސަލާމަތްކޮށްދޭނެއެވެ. 

މިއަދު ނަމާދުނުކޮށް ނުވަތަ ނަމާދަށް ފަރުވާ ކުޑަކުރަމުން ތިއައުޅެނީ ކޮން މޮޅުކަމެއް ހޯދޭނެ ކަމަށްހެއްޔެވެ؟ ކިތަންމެ ބޮޑު ޝަރަފަކާއި މުއްސަނދިކަމެއް ހޯދި ނަމަވެސް ތިބާގެ ނަންވެސް ގިނަ ބައަކު ހަނދާން ހުންނާނީ އެންމެ ދެ ތިން ޖީލަށެވެ. އަދި ދުނިޔެ ނިމެންދެން ދެމި އޮތް ނަމަވެސް އެކަމުން ތިބާއަށް ކައްވަޅުގައި ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއްވެސް ފައިދާއެއް ނުކުރާނެއެވެ. ނަމަވެސް ތިބާގެ ނަމާދުތައް ފުރިހަމައަށް ކޮށްފައިވާނަމަ އެކަމުގެ ފައިދާ ދާއިމަށް ކުރާނެއެވެ. ކައްވަޅުގައިވެސް އަދި ޤިޔާމަތް ދުވަހުވެސް ކުރާނެއެވެ. މަރުވުމުން ދެން ކުރިމަތިލާން ޖެހޭ ނިމުމެއް ނެތް ޙަޔާތަށް އެކުގައި ކުރާނެއެވެ. ކައްވަޅުގައި ހޭދަކުރަންޖެހޭ ބަރްޒަޚްގެ ޢާލަމާއި ޤިޔާމަތް ދުވަހާއި ކުރިއަށް އޮތް ނިމުމެއް ނުވާ ހަޔާތްވެސް ހިމެނޭ ގޮތުންނެވެ. 

ފަތިސް ނަމާދަށް ނުހޭލާ ގިނަ ބައަކު އެބަ އުޅެއެވެ. އެމީހުންނަކީ ދުވާލަކު 4 ނަމާދުކުރާ ބައެކެވެ. ދުވާލަކު 4 ނަމާދުކުރާ މީހާއަކީ ފުރިހަމަ މުސްލިމަކަށް ވާނީ ކިހިނަކުން ހެއްޔެވެ؟ އެފަދަ މީހުން ވާނީ މުސްލިމުންގެ ތެރޭގައި ހިމެނޭ އިތުރު ބައަކަށް ނޫންހެއްޔެވެ؟  އެމީހުން އެއުފައްދަނީ އިސްލާމް ދީނުގެ އިތުރު ގޮތްޕެއް ނޫންހެއްޔެވެ؟ އެއީ ކާކަށް ކުރަން ހުއްދައޮތް ކަމެއް ހެއްޔެވެ؟ އެ ހަމަ ގައިމުވެސް ފަރުޟް 5 ނަމާދުކޮށްގެން ﷲ ތަޢާލާ އެންގެވިގޮތަށް އުޅޭ މީހުންގެ ތެރޭގައި އެފަދަ މީހުންނެއް ނުހިމެނޭނެއެވެ. ޔަޤީނުންވެސް އެނގޭ ކަމަކީ އިސްލާމް ދީނުގައި ގޮފިތައް އުފެއްދުމަކީ ވަރަށް ބިރުހުރި ކަމެއް ކަމެވެ.  

ފަރުޟު 5 ނަމާދު ޤަވާއިދުން ކުރާ މީހަކަށް ނަމާދެއް އެޅިއްޖެނަމަ އެކަމާއިމެދު ވަރަށް ބޮޑަށް ދެރަވާނެއެވެ. ކަންބޮޑުވާނެއެވެ. ޤަޟާ ވެސް ކުރާނެއެވެ. ނަމަވެސް ގިނަގިނައިން އަޅަން ފަށައިފިނަމަ އޮންނާނީ ޤަޟާ ވެސް ނުކުރެވިފައެވެ. މިފަދައިން ގޮސް އެންމެފަހުން އެމީހާ ބަދަލުވެގެންދަނީ ނަމާދަށް ފަރުވާ ކުޑަކުރާ މީހަކަށެވެ. ބައެއް ފަހަރު ހިތަށް އެރީމާ ނަމާދުކުރާ މީހަކަށެވެ. މިއީ އިސްލާމް ދީނުގައި އަމަލުކުރަން އޮތް ގޮތެއް ނޫނެވެ.

- މުފްތީ މެންކް

 

 

މިއަދު އޮންލައިން